ޓްރީޓޮޕް ހޮސްޕިޓަލަކީ ހިދުމަތް ހޯދުމަށް ދާ ފަރާތްތަކަށް ފަސޭހަ އަދި އަވަސް ސިއްހީ ހިދުމަތް ފޯރުކޮށްދިނުމަށް ހާއްސަކޮށްފައިވާ ހޮސްޕިޓަލެކެވެ.
ޓްރީޓޮޕް ހޮސްޕިޓަލުން ބުނީ އާއިލީ ކްލިނިކަލް އޮޕަރޭޝަންތަކުގެ މަސައްކަތްތައް ހުކުރު ދުވަހު ފެށުމުގެ ބޭނުމަކީ އެ ހޮސްޕިޓަލުގެ ފެމިލީ ހެލްތު ކްލިނިކުން ހިދުމަތް ހޯދާ ހުރިހާ ފަރާތްތަކަށް އެކްސްޓެންޑް ކަވަރޭޖް ފަހިކޮށްދިނުން ކަމަށެވެ.
ޓީޓީއެޗް ފެމިލީ ކްލިނިކްގެ ހިދުމަތް ހުކުރު ދުވަހުގެ މެންދުރުފަހު 3:00 އިން ފެށިގެން ރޭގަނޑު 10:00 އަށް ލިބޭނެ ކަމަށް އެ ހޮސްޕިޓަލުން ބުނެއެވެ.
ޓްރީޓޮޕް ހޮސްޕިޓަލުން ބުނެފައިވަނީ ފެމިލީ ކްލިނިކް ފަރުމާކޮށްފައިވަނީ ހުރިހާ އުމުރެއްގެ ފަރާތްތަކަށް އާންމު ސިއްހީ ފަރުވާއަށް ސަމާލުކަންދީގެން މެޑިކަލް ސްޕެޝަލިޓީއެއް ފޯރުކޮށްދިނުމަށް ކަމަށެވެ. ހޮސްޕިޓަލުގެ ހާއްސަ ޑޮކްޓަރުން އާއިލީ އަދި މުޖުތަމައުގެ ފެންވަރުގައި ސިއްހަތާއި ދުޅަހެޔޮކަމަށް ހާއްސަ އިސްކަމެއް ދޭނެ ކަމަށް ޓްރީ ޓޮޕް ހޮސްޕިޓަލުން ބުނެއެވެ.
ޓްރީޓޮޕް ހޮސްޕިޓަލަކީ އެ ހޮސްޕިޓަލުގެ ހިދުމަތް ހޯދާ ފަރާތްތަކަށް ފެންވަރު ރަނގަޅު ކްލިނިކަލް ހިދުމަތް ފޯރުކޮށްދެމުން އަންނަ ހޮސްޕިޓަލެކެވެ. އެ ހޮސްޕިޓަލުގެ ތަޖުރިބާކާރު އަދި މަތީ ތަމްރީނު ލިބިފައިވާ ސްޕެޝަލިސްޓުން ތަފާތު ޝައުގުވެރިކަމާއި ތަޖުރިބާ އެއްކޮށްލައިގެން އެންމެފަހުގެ ހިދުމަތްތައް އަންނަނީ ފޯރުކޮށްދެމުންނެވެ.
އިތުރު މައުލޫމާތު ހޯދުމަށް 3351610 ގުޅުމަށް ނުވަތަ [email protected] އަށް އީމެއިލް ކުރުމަށް އެ ހޮސްޕިޓަލުން އެދެއެވެ.