ads
ހަށިވިއްކި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި މީހުންތަކެއް ބިއުޓީ ޕާލާ އަކުން ނެރެނީ. --ފޮޓޯ: އިބްރާހިމް އައްސަދު
ނާސިގެއަކުން ނެގި ފައިސާ އަނބުރާދޭން ހުކުމްކޮށްފި
މާލޭގައި ހިންގި ނާސިގެއަކުން، ފުލުހުން ނެގި ފައިސާތަކެއް އަނބުރާ ވެރިފަރާތަށް ރައްދު ކުރަން ކްރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ.

ނާސިގެއަކަށް ފުލުހުން ވަދެ ފާސްކުރި ތަނަކުން އަތުލައިގަތް ގިނަ އަދަދެއްގެ ފައިސާގެ ތެރެއިން ބަޔަކީ، އެ މައްސަލާގައި އެތަނުން ހައްޔަރުކުރި މީހެއްގެ އެއްޗެހި ކަމަށް ބުނެ އެ މީހާ ކުރި ދައުވާއަކަށް ގުޅިގެން އެ ފައިސާ ހަވާލުކުރަން ކްރިމިނަލް ކޯޓުން ހުކުމްކޮށްފައިވަނީ އާދިއްތަ ދުވަހުއެވެ. އެއީ މިދިޔަ އޯގަސްޓް މަހު، "ޕީސް ސެލޫން އެންޑް ސްޕާ" ތެރެއިންނާއި އެތަނުން ހައްޔަރުކުރި ތައިލެންޑުގެ ހަތަރު އަންހެނެއްގެ އަތުން ފެނުނު 190،990ރ. ގެ ތެރެއިން 23،100ރ. ހޯދަން އެތަނުން އެއް އަންހެނަކު ފުލުހުންނާ ދެކޮޅަށް ކުރި ދައުވާގެ ހުކުމުގައެވެ.

މި މައްސަލައިގެ ހުކުމުގައި ބުނެފައިވަނީ އެ 23،100ރ. ފެނުނީ އޭނާގެ އަތުން ކަމަށާއި ފުލުހުންގެ އަތްދަށުވި އިރު އޭނާ ރާއްޖެއަށް އައިތާ ވީ އެންމެ ހަ ދުވަސް ކަމަށެވެ. ސެލޫނަށް ފުލުހުން ވަދެ ފާސްކުރި އިރު ބަރަހަނާ ހާލުގައި ތިބި ދިވެހި ފިރިހެނަކާއި ބަންގްލާދޭޝް ފިރިހެނަކާއި ތައިލެންޑު އަންހެނަކާއި ޖިންސީ ގުޅުން ހިންގުމުގައި ބޭނުންކުރާ ތަކެތި ވެސް ގިނަ އަދަދަކަށް ފެނުނު ކަމަށް ހުކުމުގައިވެ އެވެ. އެކަމަކު ދައުވާކުރި މި އަންހެން މީހާ ހުރީ ސެލޫންގެ ކައުންޓަރުގައެވެ.

ދައުލަތުން ޝަރީއަތުގައި ބުނީ އަންހެން މީހާ އަތުން ފެނުނު ފައިސާ އަކީ ވެސް ކުށް ކޮށްގެން ހޯދާފައިވާ ފައިސާ ކަމަށް ބަލަންޖެހޭ މިންވަރަށް ހެކި އެބަހުރި ކަމަށާއި އެހެންވެ އެ ފައިސާ ދައުލަތަށް ނަގަން ފުލުހުންނަށް ލަފާ ދީފައިވާނެ ކަމަށެވެ. އެ ފައިސާ އަކީ ކުށް ކޮށްގެން ހޯދި ފައިސާ ކަމަށް ބެލެވޭ ސަބަބުތަކުގެ ތެރޭގައި، ހަށިވިއްކުމާ ގުޅޭ ގޮތުން އެކި މީހުންނާ މުއާމަލާތުކޮށް އެކަމަށް އެއްބަސް އެކި ކަންކަން ކޮށްފައިވާކަން އޭނާގެ ފޯނުން ލިބުނު މައުލޫމާތު ހިމެނެއެވެ.

ހަށިވިއްކާ ތަނުން ހޯދި ފައިސާ ދައުލަތަށް ނަގަން ޕީޖީން ފުލުހުންނަށް ލަފާ ދިންތާ 10 މަސް ދުވަސް ވެއްޖެ ކަމަށާއި އެކަމަކު އެއީ ކުށްކޮށްގެން ހޯދި ފައިސާކަން ކަނޑައަޅަން އެއްވެސް ކޯޓެއްގައި މިހާތަނަށް ދައުވާކޮށްފައި ނެތްކަން ހުކުމުގައި ފާހަގަކޮށްފައިވެއެވެ. އެކަމަކު ފުލުހުން ބުނީ އެ ފައިސާ ދައުލަތަށް ނަގަން ދައުވާކުރުމަށް އަދިވެސް އެއްވެސް ހުރަހެއް ނެތް ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
25%
ސަތޭކައަކުން ސުމެއް
75%
ވަރަށް ސަލާމް
ކޮމެންޓްސް