ads
ހައިކޯޓުގެ ޝަރީއަތުގައި ޔާމީން
ޔާމީންގެ އިސްތިއުނާފު އަޑު އެހުމެއް ބުދަ ދުވަހު
ރައީސް ޔާމީންގެ މައްޗަށް ކޮށްފައިވާ 11 އަހަރުގެ ޖަލު ހުކުމުގެ އިސްތިއުނާފު ޝަރީއަތުގެ އަޑު އެހުމެއް މާދަމާ މެންދުރު ފަހު އަނެއްކާވެސް ބޭއްވުމަށް ތާވަލުކޮށްފިއެވެ.
Advertisement

ހައިކޯޓުގައި ޔާމީންގެ މައްސަލަ އޮންނާނީ މާދަމާ ދޭއް ޖަހާއިރުއެވެ. މާދަމާގެ އަޑު އެހުމުގައި ފުރަތަމަ އޮންނާނީ، ދައުލަތުން ޖަވާބުދާރީވުމެވެ. އެއީ އެންމެ ފަހުން އޮތް ޝަރީއަތުގައި ޔާމީންގެ ފަރާތުން ދެއްކި ވާހަތަކާ ގުޅިގެން ދައުލަތުން ޖަވާބުދާރީވާންށެވެ. މާދަމާ މެންދުރު ފަހަށް އަޑު އެހުމެއް މި ތާވަލު ކުރެވުނީ، މިދިޔަ ހަފްތާއަށް ތާވަލު ކުރި އަޑު އެހުން ދައުލަތުން އެދިގެން ކެންސަލް ކުރުމަށް ފަހުއެވެ.

އެންމެ ފަހުން އޮތް އަޑު އެހުމުގައި ޔާމީން ވިދާޅުވީ، ވ. އާރަށް ކުއްޔަށް ހޯއްދަވަން، ފެލިދޫ ދާއިރާގެ މެންބަރު ޔޫސުފް ނައީމް އުޅުއްވިކަން ކުރިން އެނގިވަޑައިނުގަންނަވާ ކަމަށެވެ. 

އާރަށު މައްސަލައިގައި ޔާމީންގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމެއް އިއްވިއިރު، ޔޫސުފް ނައީމްގެ މައްޗަށް ތިން އަހަރުގެ ހުކުމެއް އިއްވިއެވެ.

ޔޫސުފް ނައީމްވެސް ހާޒިރުވެ އިންނެވި ޝަރީއަތުގައި ޔާމީން ވިދާޅުވީ އޭރު ޔޫސުފް ނައީމް ރަށެއް ބޭނުންވެގެން އުޅޭކަން އެމަނިކުފާނަށް އެނގިވަޑައި ނުގަންނަވާ ކަމަށެވެ. އަދި ރަށްތަކާއި ފަޅުތައް ދޫކުރަނީ އަދި ލިބެނީ ކޮން ބަޔަކަށްތޯ ރައީސް އޮފީހުން ނުބަލާނެ ކަމަށް ޔާމީން ވިދާޅުވިއެވެ. 

ދެ ގަޑިއިރަށްވުރެ ގިނަ އިރަށް ދިގުދެމިގެން ދިޔަ އެންމެ ފަހުގެ ޝަރީއަތުގައި ޔާމީން ވިދާޅުވީ ފިޝަރީޒް މިނިސްޓްރީގެ ދަށުގައި އާރަށް އޮއްވާ ޓޫރިޒަމް މިނިސްޓްރީގެ ދަށަށް އެރަށް ބަދަލުކުރަން އެމަނިކުފާނު ހުއްދަ ދެއްވި ލިޔުމެއް ނޯންނާނެ ކަމަށެވެ. އަދި ބެލެވޭ ގޮތުގައި އެކަންކުރީ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ އެންގެވުމަށް އިކޮނޮމިކް ކައުންސިލުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

20%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
60%
ސަތޭކައަކުން ސުމެއް
20%
ވަރަށް ސަލާމް
ކޮމެންޓްސް