ads
ފެމިލީ ކޯޓު---
ފަށްކަނޑަން ކައިވެނި ކުރި ދެ މީހަކު ޖޫރިމަނާކޮށްފި
ފަށްކަނޑަން ކައިވެނި ކުރި ދެ މީހަކު ޖޫރިމަނާކޮށްފިއެވެ.

ފަށް ކެނޑުމަކީ ތިންފަށްވެފައިވާ އަންހެނަކު އެހެން މީހަކާ ކައިވެނިކުރުމެވެ.

ފެމިލީ ކޯޓުން މިއަދު ބުނީ، ކައިވެނި ކުރީ ފަށް ކަނޑަންކަން ފަޅާއެރުމުން ދެ މީހުން 5000 ރުފިޔާއިން ޖޫރިމަނާކޮށްފައިވާ ކަމަށެވެ. ފެމިލީ ކޯޓުން ބުނީ ކައިވެނީގެ އަގުދުވުމުގެ ކުރިންނާއި އޭގެ ފަހުން ދެ މީހުން އަމަލުކުރި ގޮތާއި، ކައިވެނީގައި ހޭދަކޮށްފައިވާ ވަގުތަށާއި ވަރިކުރި ކަމަށް ބުނާ ސަބަބަށް ބަލާއިރު، ކައިވެނި ކުރީ ފަށްކަނޑަންކަން އެނގޭ ކަމަށެވެ.

އާއިލާއާ ބެހޭ ގާނޫނުގެ 66 ވަނަ މާއްދާގައިވާ ގޮތުން، ތިންފަށްވެފައި އިން އަންހެނަކު ފަށް ކެނޑުމުގެ ގަސްތުގައި މީހަކާ އިނުމާއި މީހަކު ބުނެގެން ނުވަތަ އަގެއް ނުވަތަ ހަދިޔާއެއް ދީގެން ނަމަވެސް އެއްވެސް މީހަކު ފަށްކެނޑުމަށްޓަކައި މީހަކާ އިނުމަކީ ކުށެކެވެ. އެ ކުށުގެ އަދަބަކީ 5،000 ރ. އިން ޖޫރިމަނާ ކުރުން ނުވަތަ ހަ މަސް ދުވަހަށް ވުރެ ދިގު ނޫން މުއްދަތަކަށް އަރުވާލުން ކަމަށް ގާނޫނުގައި ބަޔާންކޮށްފައިވެއެވެ. އެ މައްސަލާގައި ކޯޓުން ނިންމީ ދެ މީހުން ވެސް 5،000 ރ. އިން ޖޫރިމަނާކުރުމެވެ.

މީގެ ކުރިން ވެސް މިފަދަ މައްސަލަތަކުގައި ފެމިލީ ކޯޓުން މީހުން ޖޫރިމަނާކޮށްފައި އެބަ ހުއްޓެވެ.

71%
ކަމުގޮސްފި
8%
އަޑުއެހިތާ މިހުރީ
13%
ސަތޭކައަކުން ސުމެއް
8%
ވަރަށް ސަލާމް
ކޮމެންޓްސް