ads
މާރިޔާ މިއަދުގެ ޕްރެސްގައި ވާހަކަ ދައްކަވަނީ: ފޮޓޯ: ރިލްވާން
އިންތިހާބަށް ނުފޫޒު ފޯރުވަނީއޭ އެ ކިޔަނީ ދަށްވާނެތީ: މާރިޔާ
އިންތިހާބަށް ނުފޫޒު ފޯރުވައި ވޯޓު ކަރުދާސްކޮޅެއް ބޭރަށް ގެނެސްގެން އެ ވޯޓު ކަރުދާސްކޮޅު އެމްޑީޕީގެ ކެންޑިޑޭޓުގެ ނަމުގައި ހެޔޮ ފާހަގަ ޖަހައި އެ ވޯޓުކަރުދާސްކޮޅު ވޯޓުލުމުގައި ރޯލުކުރާ ކަމަށް އިދިކޮޅުން ކުރި ތުހުމަތަށް އެމްޑީޕީން ރައްދު ދީފި އެވެ.
Advertisement

އިންތިހާބަށް ނުފޫޒު ފޯރުވަން މަސައްކަތްކުރާކަމަށާއި ވޯޓުލާ މަރުކަޒުގައި ވޯޓުލުމަށް ހާއްސަކޮށްފައި ހުންނަ ބޫތުގައި ވޯޓުކަރުދާހުގައި ފާހަގަ ޖަހައި ވޯޓުލުން ނިމެންދެން ވޯޓުލާން ހުންނަ މީހާގެ ހުރިހާ ހަރަކާތެއް ބަލަން ބޭނުންވާކަމަށް ބުނެ އެކަން ޕީޕީއެމް / ޕީއެންސީ ކޯލިޝަނުން ވަނީ އިލެކްޝަންސް ކޮމިޝަން (އީސީ) އަށް ހުށައަޅައިފަ އެވެ. 

އިއްޔެ އިދިކޮޅު ޕީޕީއެމްގެ ކޯލިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕީޕީއެމްގެ ސެކެޓްރީ ޖެނެރަލް މުހައްމަދު ތޮލާލް ވަނީ އިންތިހާބަށް ނުފޫޒު ފޯރުވަން މަސައްކަތް ކުރާކަމަށް ބުނެ ވޯޓު ކަރުދާސްކޮޅެއް ވޯޓު ނުލައި ބޭރަށް ނެރެގެން އެ ވޯޓު ކަރުދާސްކޮޅުގައި އިބްރާހިމް މުހައްމަދު ސޯލިހުގެ ނަމްބަރުގައި ފާހަގަ ޖަހައި އެ ކަރުދާސްކޮޅު ވޯޓުލުމުގައި ބޭނުން ކުރަން ރާވައި މިފަދަ ޖަރީމާ ހިންގަން އެމްޑީޕީން މަސައްކަތް ކުރާ ކަމަށް އިއްޔެ ތޮލާލް ވަނީ ވިދާޅުވެފަ އެވެ. 

މި ކަމަށް ރައްދު ދެއްވައި "ސީއެންއެމް" އިން ކުރި ސުވާލަށް ޖަވާބުދެއްވައި އެމްޑީޕީގެ ރިޔާސީ ކެމްޕްޕެއިންގެ ސްޕޯކްސް ޕާސަން މާރިޔާ އަހުމަދު ދީދީ މިއަދު ދެއްވީ ވަރަށް ކުރު ޖަވާބެކެވެ. މާރިޔާ ވިދާޅުވީ އިދިކޮޅުން އިންތިހާބުގައި ދަށްވާނެކަން އެނގުނީ ކަމަށެވެ. 

"ދަށްވާނެކަން އެނގުނީ. ތިބޭފުޅުންގެ ހިސާބުތަކުންވެސް އެނގިވަޑައިގަންނަވާނެ ދައްވާނެކަން. އެނގިވަޑައިގަންނަވާނެ 2018އިގެ އިންތިހާބު ނިމުނީމަ އެމީހުންގެ ހަރުގެ ދޮށަށް ނުކުމެ އެކި ފާޑުފާޑުގެ ވާހަކަތައް ދެއްކި ދެއްތޯ. އަޅުގަނޑު އެންމެ ހަނދާން ހުންނަނީ އެމީހުން އީސީ ޝަރީފޫ އޭ ކިޔާފަ ވަރަށް ލޯބިކޮށް އެއިން އަންހެން ބޭފުޅެއް ގޮވާލައްވާތަން. އެހެންވީމާ މިހާރު އެބޭފުޅުން އެކަން އެ ފެއްޓެވީ އެބޭފުޅުންނަށް ސާފުކޮށް އެބޭފުޅުން ދަށްވާ މަންޒަރު." މާރިޔާ ވިދާޅުވި އެވެ.

 

އިންތިހާބަށް ނުފޫޒު ފޯރުވައި ވޯޓު އޮޅުވާލުމަށްޓަކައި ވޯޓުލާން ދާ ފަރާތްތަކުގެ ތެރެއިން ބައެއް ފަރާތްތަކުން އިތުރު ވޯޓު ކަރުދާސްތަކެއް ގެންގުޅޭ ކަމަށް ބުނެ ޕީޕީއެމް / ޕީއެންސީ ކޯލިޝަނުން ކަންބޮޑުވުން ފާޅުކޮށްފައިވާއިރު އިލެކްޝަން ކޮމިޝަުން ނޫފޫޒު ފޯރުވުމަށް އެކި އެކި ކަންކަން ކުރަމުންދާ ކަމަށާއި، އެކަންކަން ނުބަލައި ޖަވާބު ނުދީ އިންތިހާބު ނުބޭއްވޭނެ ކަމަށެވެ.

ތޮލާލް ވަނީ އިލެކްޝަން ކޮމިޝަނުންނާއި، ގުޅިގެން އެމްޑީޕީން އިންތިހާބަށް ނުފޫޒު ފޯރުވަނީ ފައިސާވެސް ދީގެން ކަމަށް ތުހުމަތު ކުރައްވާފަ އެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް