އިންތި މިހެން ވިދާޅުވީ ނޫސްވެރިންނާ ބައްދަލު މިއަދު ދެއްކެވި ވާހަކަ ފުޅުގައެވެ.
އިންތި ވިދާޅުވީ މިހާރު އެ މައްސަލަ އިލެކްޝަނަށް ވެސް ހުށައަޅާފައިވާ ކަމަށާއި، އެ އިންޒާރު ދީފައިވަނީ ޓްވީޓާގައި ހަރަކާތްތެރިވާ "ރޯނުއެދުރު 813" ކިޔާ އެކައުންޓަކުން ކަމަށެވެ.
"ސީއެންއެމުން" ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަަމުން އިންތި ވިދާޅުވީ އެކަން ކޮށްފައިވަނީ ސޯޝަލް މީޑިޔާގައި ކަމަށާއި، އެއީ ރިޔާސީ ކެންޑިޑޭޓާއި، މުޅި ޕާޓީ އަށް ނިސްބަތްވާ ގޮތަށް ދީފައިވާ އިންޒާރެއް ކަމަށެވެ.
އިންތި ވިދާޅުވީ މިއީ އާދައިގެ ގޮތެއްގައި ބެލޭނެ ކަންތައްތައްކެއް ނޫން ކަމަށާއި، މިއީ ބިރުހުރި އަމަލެއް ކަމަށެވެ. އެއީ މީގެ ކުރިން ހިންގާފައިވާ އަމަލު ތަކަށް އިންސާފެއް ލިބިފައި ނުވާތީ ކަމަށް ވެސް އިންތި ވަނީ ފާހަގަ ކުރައްވާއެވެ.