ads
ރައީސް ސޯލިހު މިއަދު ތިނަދުއަށް ވަޑައިގެން ތިނަދޫގެ ބައެއް މީހުންނާއި ސަލާމު ކުރައްވަނީ---
ތިނަދޫ ސިޓީއަކަށް ބަދަލު ކުރަނީ
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ތިނަދޫގައި ބާއްވާ ބޮޑު ޖަލްސާގައި، މިރޭ ތިނަދޫއަށް ސިޓީއެއްގެ ދަރަޖަ ދޭން ނިންމާފައިވާ ކަމަށް އެ ރަށު ކައުންސިލުން ބުނެފިއެވެ.

ގާނޫނު އޮންނަ ގޮތުން ސިޓީއަކަށް ވެވެނީ އާބާދީގައި 10،000 މީހުން ހަމަވުމުންނެވެ. ނަމަވެސް ތިނަދޫގެ އާބާދީއަކީ 8،000 

ތިނަދޫ ކައުންސިލް މެމްބަރު ނަސްރުއްﷲ އަލީ "ސީއެންއެމް" އަށް ވިދާޅުވީ މިރޭ ބާއްވާ ބޮޑު ޖަލްސާގައި އެރަށަށް ސީޓީ އެއްގެ ދަރަޖަ ދެއްވާނެ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.

މިރޭ ރައީސް ބައިވެރިވެވަޑައި ގަންނަވާ ޖަލްސާގައި ސިޓީއެއްގެ ދަރަޖަ އެރަށަށް ދެއްވާނެ ކަމަށް ވިދާޅުވެފައިވާއިރު، މީގެ ހަފްތާއެއްގެ ކުރިން އެ ރަށް ސިޓީއަކަށް ހަދައިދޭނެ ކަމަށް ޕީއެންސީ/ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވެސް ވަނީ ވިދާޅުވެފައެވެ.

ކެމްޕޭން ދަތުރުގައި ތިނަދޫއަށް ވަޑައިގެން ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވެފައި ވަނީ ކުރިއަށް އޮތް ރިޔާސީ އިންތިހާބު ކާމިޔާބު ކުރެވިއްޖެ ނަމަ ތިނަދޫ އަށް ސިޓީއެއްގެ ދަރަޖަ ދޭނެ ކަމަށެވެ.

ތިނަދޫ އަކީ ހުވަދު އަތޮޅުގެ އެންމެ ގިނަބަޔަކު އަރާފައިބާ އެއް ރަށެވެ. އެ ރަށަކީ ސިއްހީ ފަރުވާ ލިބިގަތުމަށާއި، ވިޔަފާރިއާއި، އެހެނިހެން ކަންކަމުގައި ކައިރި ރަށް ރަށުން 2000 އަށް ވުރެ ގިނަ މީހުން ކޮންމެ ދުވަހަކު ވެސް އަރާ ފައިބާ ރަށެކެވެ. 

ތިނަދޫ އަށް ސިޓީއެއްގެ ދަރަޖަ ދެއްވާނެ ކަމަށް ރިޔާސީ އިންތިހާބު ޕްރައިމަރީގައި ތިނަދޫ އަށް ވަޑަިއގެން އެމްޑީޕީ ހަރުގޭގައި ދެއްކެވި ވާހަކަފުޅުގައި ރައީސް ސޯލިހުވަނީ މީގެ ކުރިންވެސް ވިދާޅުވެފައެވެ. އެ ޖަލްސާގައި ރައީސް ވިދާޅުވީ ތިނަދޫ އަށް ދެން ވަޑައިގަންނަވާ އިރު އެކަންތައް ފުރިހަމަ ކުރައްވާނެ ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް