ads
ތިނަދޫގައި މިހާރު ބާއްވަމުން ގެންދާ ޖަލުސާގެ ތެރެއިން---
ތިނަދޫއަށް ސިޓީއެއްގެ ދަރަޖަ ދީފި
ލާމަރުކަޒީ ގާނޫނުގެ ދަށުންރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ ބާރުގެ ދަށުން ގދ. ތިނަދޫ އަށް ސިޓީއެއްގެ ދަރަޖަ ދިނުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނިންމަވައިފި އެވެ.

ތިނަދޫގައި މި ރޭ ބާއްވާ ބޮޑު ޖަލްސާގައި، ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ތިނަދޫ އަކީ ރާއްޖޭގެ ފަސްވަނަ ސިޓީ ކަމަށާއި އަދި ތިނަދޫ ހިމެނޭ އެ އަތޮޅަކީ ވިޔަފާރި އާއި، މަސްވެރިކަމުގެ ސިނާއަތް ބޮޑު ސަރަހައްދެއް ކަމަށެވެ. 

ގާނޫނު އޮންނަ ގޮތުން ސިޓީއަކަށް ވެވެނީ އާބާދީގައި 10،000 މީހުން ހަމަވުމުންނެވެ. ތިނަދޫގެ އާބާދީއަކީ 8،000 މީހުނެވެ. ނަމަވެސް މިރޭގެ ޖަލްސާގައި ސިޓީއެއްގެ ދަރަޖަ ރައީސް ވަނީ އެރަށަށް ދެއްވާފައެވެ.

ތިނަދޫ އަކީ ހުވަދު އަތޮޅުގެ އެންމެ ގިނަ ބަޔަކު އަރާފައިބާ އެއް ރަށެވެ. އެ ރަށަކީ ސިއްހީ ފަރުވާ ލިބިގަތުމަށާއި، ވިޔަފާރި އާއި، އެހެނިހެން ކަންކަމުގައި ކައިރި ރަށް ރަށުން 2000 އަށް ވުރެ ގިނަ މީހުން ކޮންމެ ދުވަހަކު ވެސް އަރާ ފައިބާ ރަށެކެވެ. 

ރައީސް ސޯލިހު މިއަދު ހަވީރު ތިނަދުއަށް ވަޑައިގެންނެވުމުން ތިނަދޫއިން ވަނީ ހޫނު މަރުހަބާއެއް ދަންނަވާފައެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް