ads
ލޯންގްލޭ، ޓޮޓެންހަމްގެ ޖާޒީގައި
ލޯނު އުސޫލުން ލޯންގްލޭ އެސްޓަން ވިލާއަށް ދަނީ
ބާސެލޯނާގެ ޑިފެންޑަރު ކްލެމޮން ލޯންގްލޭ، އެސްޓަން ވިލާއަށް ދިއުމާއި ގާތަށް ޖެހިލައިފިއެވެ.

އެސްޓަން ވިލާއިން ލޯންގްލޭ ހޯދުމަށް މަސައްކަތް ކުރަނީ ލޯނު އުސޫލުންނެވެ. އެސްޓަން ވިލާގެ ޑިފެންޑަރު ޓްރަޔޮން މިންގްސްއަށް އަނިޔާވުމާއެކު އެޓީމަށް ވަނީ ޑިފެންޑަރެއްގެ ބޭނުން ބޮޑުވެފައެވެ. މި ސީޒަންގެ ފުރަތަމަ މެޗުގައި ނިއުކާސަލްއާއި ބައްދަލުކުރި މެޗުގައި މިންގްސްގެ ކަކުލަށް ލިބުނު އަނިޔާގެ ސަބަބުން އޭނާއަށް ވަނީ ގިނަ ދުވަސްތަކެއް ކުޅުމާއި ދުރުގައި މަޑުކުރަން ޖެހިފައެވެ. 

ބާސެލޯނާއިން ވަނީ މިިދިޔަ ސީޒަންގައިވެސް ލޯނު އުސޫލުން ލޯންގްލޭ ޓޮޓެންހަމްއަށް ދޫކޮށްފައެވެ. އުމުރުން 28 އަހަރުގެ ޑިފެންޑަރު ވަނީ މިދިޔަ ސީޒަންގައި ޓޮޓެންހަމްއަށް 26 މެޗު ކުޅެދީ އެއް ލަނޑު ޖަހައިދީފައެވެ. އޭގެ ތެރެއިން 24 މެޗު އޭނާ ވަނީ ފުރަތަމަ 11 ގައި ހިމެނިގެން ފަށާފައެވެ. 

ލޯންގްލޭ ވަނީ ފްރާންސްގެ ގައުމީ ޓީމަށް މިހާތަނަށް 19 މެޗު ކުޅެދީފައެވެ. މީގެ އިތުރުން، ސެވިއްޔާގައި ހުރުމަށްފަހު 2018 ވަނަ އަހަރު ބާސެލޯނާއަށް ބަދަލުވެ އޭނާ ވަނީ މިހާތަނަށް ބާސެލޯނާއަށް 105 މެޗު ކުޅެދީ ހަތަރު ލަނޑު ޖަހައިދީފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް