މާލެއަތޮޅު ފިޔަވައި، ރާއްޖޭގެ ހުރިހާ އަތޮޅަކަށް ފޮނުވަންޖެހޭ ތަކެތި މިހާރު ފޮނުވާ ނިމިފައިވާ ކަމަށްވެސް އިލެކްޝަނުން ބުނެފައިވެއެވެ.
އަދި މާލެ އަތޮޅަށް ތަކެތި ފޮނުވަން ހަމަޖެހިފައިވަނީ ސެޕްޓެމްބަރު 4 ގައި ކަމަށްވެސް އިލެކްޝަނުން ބުނެެއެވެ. ވޯޓްލާ މަރުކަޒަށް ފޮނުވާ ސާމާނު ފޮނުވަން ފަށާފައިވާއިރު، މޫސުން ގޯސްވުމުގެ ސަބަބުން ލަސްތަކެއްވެސް ހުރި ކަމަށްވެސް ބުނެފައިއެވެ.
އަންނަމަހު ބާއްވާ ރިޔާސީ އިންތިހާބުގައި ވޯޓުލުމަށްޓަކައި 574 ވޯޓުލާ މަރުކަޒު ހުންނާނެކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއެވެ. މިއީ މިހާތަނަށް އެންމެ ގިނަ އަދަދެއްގެ ވޯޓު ފޮށި ބަހައްޓާ އިންތިޚާބެވެ. މިއިންތިހާބުގެ ވޯޓުލާ މަރުކަޒުތަކުގައި މަންދޫބުންގެ ހައިސިއްޔަތުން ހަރަކާތްތެރިވުމަށް 1،700 އަށްވުރެ ގިނަ މީހުންގެ ފޯމު ވަނީ އިލެކްޝަނަށް ހުށަހަޅާފައެވެ.
ރާއްޖޭގެ ގާނޫނޫ އަސާސީއަށް ބަދަލު ގެނެސް މަލްޓި ޕާޓީ ސިސްޓަމް ތައާރަފުކުރި ފަހުން މިއީ އެންމެ ގިނަ ކެންޑިޑޭޓުން ރައީސުލްޖުމްހޫރިއްޔާކަމަށް ވާދަކުރައްވާ ފަހަރެވެ.