ޒުހައިރު އެ މަގާމުގައި ހުންނެވީ ވެރިކަން ކުރާ ކޯލިޝަންގައި ހިމެނޭ މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް)ގެ ސްލޮޓެއް ގައެވެ.
އެމްއާރްއެމް އިން ބުނީ ޒުހައިރު މިއަދުގެ ވަގުތެއްގައި ސަރުކާރުގެ މަގާމުން އިސްތިއުފާ ދެއްވާފައިވާ ކަމަށެވެ.
ހެލްތް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ކަމުން ޒުހައިރު އިސްތިއުފާދެއްވި ސަބަބެއް އެމްއާރްއެމްއަކުން ހާމައެއް ނުކުރެއެވެ.
ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރެއްގެ ގޮތުގައި ހުންނެވި ޑރ. ޝާހް މާހިރުވެސް މިމަހުގެ 28 ވަނަ ދުވަހު ވަނީ މަގާމުން އިސްތިއުފާ ދެއްވާފަ އެވެ.