ads
ހަށިވިއްކުމުގެ ތުހުމަތުގައި މީގެ ކުރީން ހައްޔަރުކުރި މީހުންތަކެއް
ހަށިވިއްކާ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފި
ހަށި ވިއްކުމުގެ ތުހުމަތުގައި ދުވަސްވީ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފިއެވެ.

ހަށި ވިއްކުމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވަނީ އުމުރުން 50 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭނާ ހައްޔަރުކޮށް ބުރާސްފަތި ދުވަހު ކޯޓަށް ހާޒިރު ކުރުމުން، 10 ދުވަހު ބަންދުކޮށްފައި ބެހެއްޓުމަށްވަނީ އަމުރުކޮށްފައެވެ. 

މި މައްސަލަައިގައި ހައްޔަރު ކުރި ދިވެހި ފިރިހެން މީހާގެ ބަންދު އަމުރު ރިޕޯޓުން އެނގޭ ގޮތުގައި އޭނާގެ މައްޗަށް ތުހުމަތު ކުރެވޭ މިންވަރަށް ފުލުހުންގެ އަތުގައި ހެކި އެބަހުއްޓެވެ. އޭގެ ތެރޭގައި އިންޓެލިޖެންސް ރިޕޯޓެއްވެސް ހިމެނޭ ކަމަށްވަނީ މައުލޫމާތު ލިބިފައެވެ. 

މީގެ ކުރިންވެސް ފުލުހުންގެ އޮޕަރޭޝަނެއްގައި ހަމަ މި މީހާއަށް އެފަދަ ކަންކަން ހިނގަމުންދާ ގޮތް ބުނެދީފައިވާކަަމަށް ވެސް ބަންދު އަމުރު ރިޕޯޓުގައި ބުނެފައިވެއެ. 

23%
ކަމުގޮސްފި
19%
އަޑުއެހިތާ މިހުރީ
15%
ސަތޭކައަކުން ސުމެއް
44%
ވަރަށް ސަލާމް
ކޮމެންޓްސް