ސުޕްރީމް ކޯޓުގެ ރަޖިސްޓްރީން އެނގޭ ގޮތުގައި އެ މައްސަލަ ބަލައި ނުގަންނަން ނިންމެވީ ސުޕްރީމް ކޯޓުގެ ރަޖިސްޓްރާއެވެ. އެހެންނަމަވެސް އެކަމުގެ ތަފްސީލެއް ލިބިފައެއް ނެތެވެ.
މެންބަރު ޒަރީރު މިދިޔަ އޭޕްރީލް މަހުގެ 30 ވަނަ ދުވަހުގެ ފަތިހު ކެފޭއެއްގެ ތެރެއިން މަޖިލީސް މެންބަރު ޒަރީރަށް ހަމަލާދިފައިވަނިކޮށް އޭނާ ހައްޔަރު ކުރީ އޭނާ ހޯދަމުން އަންނަތާ 9 ދުވަސް ފަހުންނެވެ. އޭނާ ހައްޔަރުކުރީ އަމިއްލައަށް ފުލުސް އޮފީހަށް ހާޒިރުވުމުންނެވެ.
ރައްޔިތުންގެ މަޖިލީހުގެ މެންބަރަކަށް ހަތިޔާރަކުން ހަމަލާދިންކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި ހައްޔަރުކުރި ގައްބަރޭ ކްރިމިނަލް ކޯޓުން ދޫކޮށްލީ ޖުލައި ހަވަނަ ދުވަހުއެވެ. މި މައްސަލައިގައި ގައްބަރޭ ފުރަތަމަ ހައްޔަރު ކުރީ ފިލައިގެން އުޅުމަށް ފަހު އަމިއްލައަށް ފުލުސް އޮފީހަށް ދިޔުމުންނެވެ. އެ މައްސަލައިގައި ގައްބަރޭ ހޯދަން އިއުލާނު ކޮށްފައި ވަނީ މެއި މަހުގެ 15 ވަނަ ދުވަހުއެވެ.
މި މައްސަލަ ދައުލަތުގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފު ކުރުމުން ހައިކޯޓުގައި އެ މައްސަލަ ބެލި ފަނޑީޔާރުންގެ ޗެންޗުގެ އިއްތިފާގުން ނިންމީ ގައްބަރޭ ދޫކޮށްލީ ގާނޫނާ ހިލާފަށް ކަމަށެވެ. އަދި އެ މައްސަލަ އަލުން ހުށަހަޅައިފިނަމަ ގައްބަރޭގެ ބަންދާމެދު ގޮތެއް ނިންމުމަށް ހައިކޯޓުންވަނީ އަމުރުކޮށްފައެވެ. އަދި ހައިކޯޓުގެ އަމުރާ އެއްގޮތަށް ގައްބަރޭ އަލުންވަނީ ހައްޔަރުކޮށްފައެވެ. ގައްބަރޭގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވަނީ ހައިކޯޓުގެ އެ ނިންމުމެވެ.
ގައްބަރޭ ހައްޔަރު ކޮށްފައި ވަނީ ގްރޫޕް ހަދައިގެން ތޫނު ހަތިޔާރާއި ނުރައްކާތެރި ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގައި، މީހަކު މަރާލަން އުޅުނުކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި ހައްޔަރުކުރުމަށްޓަކައި ކަމަށް ފުލުހުން ބުނި ނަމަވެސް ކުރެވޭ ތުހުމަތުގެ ތަފްސީލެއް ފުލުހުން ހާމައެއް ނުކުރެއެވެ. ނަމަވެސް ގައްބަރޭ ހައްޔަރު ކުރީ ޒަރީރަށް ހަމަލާދޭން އުޅުނު ކަމުގެ ތުހުމަތުގައެވެ. ހައިކޯޓުގެ ޝަރީއަތުގައި ފަހުން އެ ހާދިސާގެ މައުލޫމާތު ކޮންމެވެސް ވަރަކަށް އާއްމުވިއެވެ.