ads
ރައީސް ސޯލިހް ހިންވަރަށް މިއަދު ވަޑައިގެން ސަޕޯޓަރުންނާ ބައްދަލުކުރައްވަނީ
ރައީސް ސޯލިހަކީ އެންމެ މޮޅު ސިޔާސީ ލީޑަރު: އިމްރާން
އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަކީ ދުނިޔޭގައި މިވަގުތު ހުންނެވި އެންމެ ސިޔާސީ ގޮތުން މޮޅު މީހާ ކަމަށް އަދާލަތު ޕާޓީގެ ރައީސް އަދި މި ސަރުކާރުގެ ހޯމް މިނިސްޓަރު އިމްރާން އަބުދުﷲ ވިދާޅުވެއްޖެ އެވެ.
Advertisement

ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް އެމްޑީޕީން ކުރައްވަމުން ގެންދަވާ "އުފާވެރި އަމާން ރާއްޖެ" ކެމްޕެއިންގެ ތެރެއިން މިރޭ ޅ. ހިންނަވަރުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން އިމްރާން ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދި ސޯލިހަކީ މިވަގުތު ރާއްޖޭގައި ވެސް ހުންނެވި ސިޔާސީ ގޮތުން އެންމެ ފުންނާބު އުސް ލީޑަރު ކަމަށެވެ. 

ރައީސް ސޯލިހަކީ ސިޔާސީ ގޮތުން މޮޅު ރައްޔިތުންގެ ލޯބި ހޯދާފައިވާ ފަރާތެއްކަން އިމްރާން ހާމަކޮށްދެއްވީ އެމަނިކުފާނުގެ މަޖިލީހުގެ ދައުރުގެ މައްޗަށެވެ. ވިދާޅުވީ ޖެހިޖެހިގެން ތިން ދައުރެއްގައި ހޮވުމަކީ ވެސް ބުރަ އެހާމެ އުނދަގޫ ކަމެއް ކަމަށެވެ. ނަމަވެސް ރައީސް ސޯލިހު ޖެހިޖެހިގެން ހަތް ދައުރު ހޮވުމަކީ ރައްޔިތުން ބަލައިގެންނަ އެންމެ ބޮޑު އިތުބާރު ކަމަށެވެ. 

"ދާއިރާއަކަށް ބޭފުޅަކު ކުރިމަތިލައްވައިގެން އެއްދައުރު ހޮވިފައި ދެވަނަ ދައުރެއް ހޮވި އަދި ތިން ވަނަ ދައުރެއް ހޮވުމަކީ ފަސޭހަ ކަމަކަށް ނުވާނެ. ނަމަވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ޖެހިޖެހިގެން ހަތް ދައުރު ރައްޔިތުންގެ މަޖިލީހުގައި ލިބުމަކީ ރައްޔިތުން އެމަނިކުފާނު ބަލައިގަންނަ ކަމުގެ އެންމެ ބޮޑު މިސާލު،"

ހިންނަވަރަށް އުފަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސިޔާސީ ހަޔާތަކީ ހިތް ހެޔޮ ކެތްތެރި ދުރުވިސްނޭ ލީޑަރެއް ކަމަށް އިމްރާނު ވިދާޅުވި އެވެ. 

"ހިތްހެޔޮ ކެތްތެރި ދުރުވިސްނޭ ވެރިއެއް އޯގާތެރި ހިންގުންތެރި، ހިދުމަތްތެރި. މި ރާއްޖޭގައިވެސް ކީއްކުރަން މުޅި ދުނިޔޭގައިވެސް ނުހުންނާނެ އެވަރުގެ ބޭފުޅަކު. އެއީ މި ދަންނަވާ މީހަކީ." އިމްރާން ވިދާޅުވި އެވެ.

އިމްރާން ވިދާޅުވީ އެމަނިކުފާނު ރާއްޖޭގެ ހުރިހާ ސިޔާސީ ލީޑަރުންނާއެކުވެސް މަސައްކަތް ކުރެއްވި ކަމަށާއި، ރައީސް ސޯލިހު ވަރުގެ ރަގަޅު ސިޔާސީ ލީޑަރަކު އަދި މިހާތަނަށް ނުފެންނަ ކަމަށެވެ. 

"މިއަދު ރާއްޖޭގައި ތިބި ހުރިހާ ސިޔާސީ ލީޑަރުންނާއެކުވެސް މަސައްކަތްކޮށްފިން. ވަރަށް ގާތުން. ރައީސް ނަޝީދު ވެސް ހޮވިވަޑައިގެންނެވީ އަޅުގަނޑުމެންނާއެކު ގޮސް. ފުރަތަމަ ބުރު އެހެން ގޮތަކަށް ދިޔަސް ހޮވިވަޑައިގެންނެވިއިރު ވަރަށް ގާތުން މަސައްކަތް ކުރެއްވީ،" އިމްރާން ވިދާޅުވި އެވެ.

އިމްރާން ވިދާޅުވީ ރައީސް ޔާމީން ހޮވައިދެއްވުމުގައިވެސް ވަރަށް ގާތުން މަސައްކަތް ކޮށްދެއްވި ކަމަށާއި، އެހެން ނަމަވެސް 2018 ގައި، ރައީސް ސޯލިހު ހޮވައިދުމުގައި ހުންނަވަންޖެހުނީ މަސައްކަތް ނުކުރެވޭ ހާލަތުގައި ކަމަށެވެ. 

އިމްރާން ވިދާޅުވީ މި ކެމްޕެއިން ހިނގަމުންދާ ގޮތް ވަރަށް ގާތުން ބައްލަވަމުން އަންނަ ކަމަށާއި، އެއްބުރުން އެމްޑީޕީން އިންތިހާބު ކާމިޔާބުވާނެ ކަމާމެދު ޔަގީން ކުރައްވާ ކަމަށެވެ.

83%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
17%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް