ކާނިވާ ސަރަހައްދުގައި އެމްޑީޕީ އާ ގުޅިފައިވާ ޕާޓީތަކުން މިހާރު ކުރިއަށް ގެންދާ ޖަލްސާގައި އާންމުކުރި "އުފާވެރި މާލެ" މެނިފެސްޓޯގައި ވައުދުވެފައިވަނީ އެ ދެ ހޮސްޕިޓަލް ޓާޝަރީ ފެންވަރަށް ތަރައްގީކުރުމާ އެކު، މާލެ ސަރަހައްދުގެ ސިއްހީ ނިޒާމަށް ބޮޑެތި ބަދަލުތަކެއް ގެނައުމަށެވެ. އެގޮތުން ވިލިމާލެ ހޮސްޕިޓަލުގެ ފެންވަރު މަތިކޮށް، އުމުރުން ދުވަސްވީ މީހުންނަށް ހާއްސަ ފަރުވާދޭ ފެސިލިޓީއެއް ވިލިމާލޭގައި ގާއިމުކުުރުމަށް އެ މެނިފެސްޓޯގައި ވަނީ ހިމަނާފައެވެ.
އުފާވެރި މާލެ މެނިފެސްޓޯގައި މާލެ ސަރަހައްދުގެ ވައިފެން ހެޔޮކުރުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރުމަށްވެސް ވަނީ ހިމަނާފައެވެ. އޭގެތެރޭގައި ރާއްޖޭގެ މާހައުލާ ގުޅޭ ގަސްތަކުން މަލަަމަތި ޒީނަތްތެރިކުރުމާއި ފެހިކަން އިތުރުކުރުމަށް ގްރީން ސްޕޭސްގެ އިތުރުން ޕޮކެޓް ޕާކްތައް ތަރައްގީކުރުމަށް ވަނީ ކަނޑައަޅާފައެވެ.
ހުޅުމާލެ ހޮސްޕިޓަލް: ޕޮޓޯ ޕީއެސްއެމް
އުފާވެރި މާލެ މެނިފެސްޓޯގައި ހިމަނާފައިވާ އިތުރު ކަންކަމުގެ ތެރޭގައި،
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;