ads
މީޑިއާ ކައުންސިލްގެ ޖަލްސާއެއް --- ފޮޓޯ/އެމްއެމްސީ
ސާބިތު ނުހިފޭ ދޮގު ވާހަކަތައް ނުފެތުރުމަށް މިޑިއާ ތަކަށް އިލްތިމާސްކޮށްފި
އަންނަ ހޮނިހިރު ދުވަހު އޮންނަ ރިޔާސީ އިންތިހާބާ ދިމާކޮށް ސާބިތު ނުހިފޭ ދޮގު ވާހަކަތައް ނުފެތުރުމަށް މީޑިއާ ތަކުގެ ބެލެނެވެރި ފަރާތުން އިލްތިމާސްކޮށްފި އެވެ.
Advertisement

މީޑިއާ ކައުންސިލުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ސައްހަ ނޫން ހަބަރާއި މައުލޫމާތު މީޑިއާތަކުން ފަތުރާކަމުގެ ޝަކުވ،ާ ފަހަކަށް އައިސް އެ ކައުންސިލަށް ލިބެމުންދާކަމަށެވެ.

އަދި ސެޕްޓަމްބަރު ނުވަ ވަނަ ދުވަހު އޮންނަ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންނާއި ކެންޑިޑޭޓުންގެ ރަނިންމޭޓުންނާއި ގުޅުވައި ސައްހަ ނޫން ހަބަރާއި މައުލޫމާތު މީޑިއާތަކުން ފަތުރާކަމުގެ ޝަކުވާތައް ވެސް އެ ކައުންސިލަށް ލިބެމުންދާ ކަމަށްވެސް ބުނެފައިވެއެވެ.

އެހެންކަމުން މީޑިއާގައި ޝާއިއުކުރާ މަޢުލޫމާތަކީ އިންޞާފުވެރިކަމާއި ތެދުވެރިކަމާއެކު ޝާއިޢުކޮށް ފޯރުކޮށްދެވޭ މަޢުލޫމާތެއްކަން ޤަބޫލުކުރުމުގެ ޙައްޤު އާންމުނަށް ލިބިގެންވީހިނދު އެފަދަ މަޢުލޫމާތު އާންމުންނަށް ފޯރުކޮށްދެނީ ފަރުދުންނަށް ލިބިގެންވާ އަމިއްލަ މިނިވަންކަމުގެ ދާއިރާއަށް ޙުރުމަތްތެރިކޮށް ހިތޭ ގޮތެއްގައި އެފަރާތަކަށް ދޭންވާ ހައްޤު ޤަދަރާއި އިޙްތިރާމް ދެވިގެންކަމުގައި ވާނެ ކަމަށް ވެސް ބުނެފައިވެއެވެ.

މީގެ އިތުރުން އިންތިހާބުގެ ކެމްޕެއިންގެ ތަރަހައިގެ ތެރޭގައި މި އުސޫލުތަކަށް ނޫސްވެރިންނާއި މީޑިއާތަކުން އިހުތިރާމްކޮށ،ް "އެންޓ-ިކެމްޕެއިން" ނުކުރުމަށްވެސް އެ ކައުންސިލުން އެދިފައިވެއެވެ.

އަދި މީޑިއާތަކުން ދިވެހި މީޑިއާގެ އަޚުލާގީ މިންގަނޑާ ހިލާފަށ،ް ހަބަރާއި މައުލޫމާތު ފަތުރާނަމަ މި ކައުންސިލުގެ އިހްތިސާސްތެރޭގައި ހިމެނޭ މައްސަލަތައް ބަލާނެ ކަމަށްވެސް ބުނެފައިވެއެވެ.

ރިޔާސީ އިންތިހާބުގައި ވޯޓުލެވޭ މީހުންގެ ލިސްޓުގައި 282،395 މީހުންގެ ނަން އެބަ އޮތެވެ. އޭގެ ތެރޭގައި އަލަށް ރިޔާސީ އިންތިހާބުގައި ވޯޓު ލެވޭ މީހުންގެ އަދަދަކީ 27,006 އެވެ.

މިއީ ފެހި ގާނޫނު އަސާސީއާ އެކު 2008 ގެ ފަހުން ރިޔާސީ އިންތިހާބެއްގައި އެންމެ ގިނަ ކެންޑިޑޭޓުން ވާދަކުރާނެ ފަހަރެވެ. މީގެ ކުރިން 2008 ގައި ހަ ކެންޑިޑޭޓުން، 2013 ގައި ހަތަރު ކެންޑިޑޭޓުން، އަދި 2018 ގައި ދެ ކެންޑިޑޭޓުން ވާދަކުރެއްވި އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް