އަދިތްޔާ ދާރް ޑައިރެކްޓްކޮށްފައިވާ މި ސްޕައި ތުރިލާއަށް އެމެރިކާގައި އޮތް ތަރުހީބު ބޮޑުވެ، އެޑްވާންސް ބުކިންގައި ދެކުނު އިންޑިއާގެ މަޝްހޫރު ފިލްމުތައް ވެސް ވަނީ ފަހަތަށް ޖައްސާލާފަ އެވެ.
މި މަހުގެ 19 ގައި ސިނަމާތަކަށް އަންނަ މި ފިލްމު ރިލީޒްކުރުމުގެ ކުރިން މިހާތަނަށް 2 ލައްކައަށްވުރެ ގިނަ ޓިކެޓު ވަނީ ވިކިފަ އެވެ. ހަމައެކަނި ޕްރިވިއު ޝޯތަކުން 12 ކްރޯޑު ރުޕީސްގެ އާމްދަނީއެއް މިހާރު ވެސް ލިބިފައިވާއިރު، ބައެއް ސިޓީތަކުގައި ޕްރީމިއަމް ޓިކެޓެއްގެ އަގު ވަނީ 2،900 ރުޕީސްއަށް އަރާފަ އެވެ. މިއީ ފަހުގެ ތާރީހެއްގައި ބޮލީވުޑް ފިލްމަކަށް މިހާ ބޮޑު ތަރުހީބެއް އެޑްވާންސް ބުކިންގައި ލިބުނު ފުރަތަމަ ފަހަރެވެ.
ދުނިޔޭގެ މާކެޓުގައި "ދުުރަންދަރު 2" ހޯދަމުންދާ ކާމިޔާބީއާ ގުޅޭގޮތުން ބޮލީވުޑްގެ ވިޔަފާރި ދިރާސާކުރާ ފަރާތްތަކުން ބުނީ، މި ފިލްމަކީ ބޮކްސް އޮފީހުގެ ހުރިހާ ރެކޯޑެއް މުގުރާލާނެ ފިލްމެއް ކަމަށް ބެލެވޭ ކަމަށެވެ.
ހާއްސަކޮށް އެމެރިކާ ފަދަ ބޮޑެތި މާކެޓުތަކުގައި އިންޑިއާގެ އެހެން ބޮޑެތި ފިލްމުތަކަށް ވުރެ ބޮޑު ތަރުހީބެއް ލިބުމަކީ ރަންވީރު ސިންގްގެ މަގުބޫލުކަން އިންޓަނޭޝަނަލް ފެންވަރުގައި އިތުރުވެފައިވާ ކަމުގެ ހެކިކަމަށް އެ ފަރާތްތަކުން ގަބޫލުކުރެ އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;