ads
އައިޝްވާރިއާ ރާއީ ބަޗަން
އައިޝްވާރިއާ ރާނީއަކަށް ވުމުގެ ކުރިން އުޅުނު ހާލު
ދުނިޔޭގެ ރީތީގެ ރާނީ އަދި ބޮލީވުޑްގެ މަޝްހޫރު ތަރި އައިޝްވާރިއާ ރާއީ ބައްޗަންއަކީ މިއަދު ދުނިޔޭގެ ފެންވަރުގައި ފާހަގަކޮށްލެވޭ އައިކަންއެކެވެ.
Advertisement

ނަމަވެސް އޭނާގެ ކެރިއަރުގެ ކުރީކޮޅު، އައިޝްވާރިއާ އަކީ ވަރަށް އާދައިގެ ދިރިއުޅުމެއް އުޅުނު "ސިމްޕަލް" ކުއްޖެއް ކަމަށް އޭނާގެ ސްޓައިލިސްޓް އޭޝްލީ ރެބެލޯ ވަނީ ކިޔައިދީފައެވެ. އައިޝްވާރިއާގެ ފުރަތަމަ ތިން އިސްތިހާރުން އޭނާއަށް ލިބުނީ އެންމެ 5،000 ރުޕީސް ކަމަށް ރިޕޯޓުތައް ބުނެއެވެ.

އައިޝްވާރިއާގެ ފުރަތަމަ އިސްތިހާރުގެ ތަޖުރިބާ ހިއްސާކުރަމުން އޭޝްލީ ބުނީ، އެންމެ ފުރަތަމަ އައިޝްވާރިއާ އާ ބައްދަލުވީ އޭނާ ކޮލެޖުގައި ކިޔަވަން އުޅުނު ދުވަސްވަރު ކަމަށެވެ. އެ ފަހަރު ބުރަކަށި ހާމަވާ ހެދުމެއް ލާން ޖެހުމުން އައިޝްވާރިއާ އާއި އޭނާގެ މަންމަ ވެސް އެކަމާ ވަރަށް ކަންބޮޑުވި ކަމަށާއި، އެއީ މާ ބޮޑަށް ހަށިގަނޑު ހާމަވާ ހެދުމެއް ކަމަށް އެމީހުން ބުނި ކަމަށް އޭޝްލީ ކިޔައިދިނެވެ. ނަމަވެސް އެ އިސްތިހާރު ވަރަށް ފުރިހަމައަށް ނަގައިދޭނެ ކަމުގެ ޔަގީންކަން ދިނުމުން އައިޝްވާރިއާ އެކަމަށް އެއްބަސްވީއެވެ.

1994 ވަނަ އަހަރުގެ މިސް ވޯލްޑް މުބާރާތަށް އައިޝްވާރިއާ ތައްޔާރުވިއިރު، އޭޝްލީ ވަނީ އޭނާއަށް 20 ސާޅީއެއް ފަރުމާކޮށްދީފައެވެ. ކޮންމެ ދުވަހަކު އާ ސާޅީއެއް ލައިގެން ހުރުމުން މުބާރާތުގެ އެހެން ބައިވެރިންގެ ސަމާލުކަން އައިޝްވާރިއާއަށް ލިބުނު ކަމަށާއި، އޭނާ ގެންގުޅުނު ބިންޑީއާއި ބަނގުޑީގެ ކަލެކްޝަންތައް އެހެން ކުދިން ބޭނުންކޮށް ހުސްކޮށްލި ކަމަށް އައިޝްވާރިއާ ފަހުން ބުނެފައިވެއެވެ. މިއީ މިއަދު ބޮލީވުޑްގެ ރާނީގެ ގޮތުގައި ބެލެވޭ އައިޝްވާރިއާގެ ކާމިޔާބީގެ ފަހަތުގައިވާ ހިތްގައިމު ހަނދާންތަކެކެވެ.

0%
ކަމުގޮސްފި
50%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
50%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;