ads
އައްޑޫސިޓީ ހިތަދޫ ފަޅުތެރޭގައި ޓޫރިޒަމް ބޭނުމަށް ހިއްކާފައިވާ ފަޅު: ފޮޓޯ/ އައްޑޫ ސިޓީ ކައުންސިލް
އައްޑޫސިޓީ ހިތަދޫ ފަޅުތެރޭގައި ޓޫރިޒަމް ބޭނުމަށް ހިއްކާފައިވާ ފަޅުތަކަށް ނަން ދީފި
އައްޑޫސިޓީ ހިތަދޫ ފަޅުތެރޭގައި ޓޫރިޒަމަށް ހިއްކާފައިވާ ފަޅުތަކަށް ނަން ދީ އެކަން އިއުލާން ކޮށްފިއެވެ.

އައްޑޫ ސިޓީ ކައުންސިލުން ބުނީ ފަޅުތަކަށް ނަން ދީފައިވަނީ އެ ސިޓީ ހިތަދޫ ފަޅުތެރޭގައި ހިއްކާފައިވާ 2 ރަށާއި، އަދި މީދޫ އާއި އިންވެގެން އޮތް ފަޅުތެރޭގައި ހިއްކާފައިވާ 1 ރަށުން ކަމަށެވެ.

އެ ނިންމުން ނިންމާފައިވަނީ އައްޑޫސިޓީ ކައުންސިލްގެ 4 ވަނަ ދައުރުގެ 11 ވަނަ ކުއްލި ޖަލްސާއިންނެވެ.

އެ ޖަލްސާގައި ނިންމާފައިވަނީ މީދޫ އާއި އިންވެގެން އޮތް ފަޅުތެރޭގައި ހިއްކާފައިވާ 1 ރަށުގައި ރިސޯޓް ތަރައްޤީކުރުމަށް ބީލަމަށް ހުޅުވާލުމަށްޓަކައި މިރަށްތަކަށް ރައްޔިތުން ހުށަހަޅާފައިވާ ނަންތަކުގެ ތެރެއިން ނަންތައް ފާސްކުރެވިފައެވެ. 

އައްޑޫން ޓުރިޒަމަށް ބިންހިއްކީ ބޮޑު މަޝްރޫއުގެ ތެރެއިންނެވެ. އެ މަސައްކަތްކޮށްފައި ވަނީ ނެދަލޭންޑްސްގެ ވެން އޫޑް އިން ނެވެ. 

ހިތަދޫ ފަޅުން ހިއްކާފައިވާ އައިލެންޑް 1 ކަށް ކިޔާފައިވަނީ ދޮންދީނިހެރަ ހިތަދޫ ފަޅުން ހިއްކާފައިވާ އައިލެންޑް 2 އަށް ކިޔަނީ ބޮލިހެރައެވެ. މީދޫއާ އިންވެގެން އޮންނަ ފަޅުން ހިއްކާފައިވާ އައިލެންޑް 3 އަށް ކިޔަނީ ދޮންހެރަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް