ads
މ. އަތޮޅުގައި ސްޕީޑް ފެރީގެ ހިދުމަތް އެމްޓީސީސީން ފެށުން - ފޮޓޯ:އެމްޓީސީސީ
މ. އަތޮޅުގައި ސްޕީޑް ފެރީގެ ހިދުމަތް އެމްޓީސީސީން ފަށައިފި
މ. އަތޮޅުގައި ދެމުން އައި ފެރީ ހިދުމަތް އިތުރަށް ފުޅާކުރުމުގެ ގޮތުން ސްޕީޑް ފެރީގެ ހިދުމަތް އެ އަތޮޅުގައި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ފަށައިފިއެވެ.

އެމްޓީސީސީން ބުނީ މިއަދުން ފެށިގެން އެއް ހަފުތާގެ މުއްދަތަށް ސްޕީޑް ފެރީ ދަތުރުތައް ކަސްޓަމަރުންނަށް ކޮށްދިނުމަށް ހަމަޖެހިފައިވަނީ މުޅިން ހިލޭ ކަމަށެވެ. ހިލޭ ދަތުރު ކޮށްދިނުމަށް ކަނޑައަޅާފައިވާ މުއްދަތުގެ މައިގަނޑު މަގުސަދަކީ ކަސްޓަމަރުން ފެރީ ޝެޑިއުލަށް އަހުލުވެރިކޮށް، ހިދުމަތް ރަނގަޅަށް ތަޖުރިބާކުރުމުގެ ފުރުސަތު ކަސްޓަމަރުންނަށް ދިނުމާ އެކު، ކަސްޓަމަރުންގެ ހިޔާލާ އެއްގޮތަށް ހިދުމަތުގެ ފެންވަރު ރަނގަޅުކޮށް ހިދުމަތް ހަރުދަނާ ކުރުން ކަމަށް އެމްޓީސީސީން ބުނެއެވެ. މި މުއްދަތުގައި ދަތުރުކުރުމަށް ޖާގަ ހޯދުމަށް އެ ކުންފުނީގެ ނަންބަރު: 7955508 އަށް ގުޅުމަށް އެމްޓީސީސީން އެދެއެވެ.

އެމްޓީސީސީން ބުނެފައިވަނީ ރަސްމީކޮށް އަގު ނަގައިގެން ހިދުމަތް ފެށުމާ އެކު، ހިދުމަތް ދިނުމަށް ތައްޔާރު ކުރެވިފައިވާ ވެބްސައިޓުން އޮންލައިންކޮށް ޓިކެޓް ލިބޭނެ ކަމަށެވެ. މި ހިދުމަތުގައި ބޭނުންކުރެވޭ ސްޕީޑް ފެރީތަކަކީ ޖުމްލަ 45 ފަސެންޖަރުންނަށް ދަތުރުކުރެވޭ ގޮތަށް ފަރުމާ ކޮށްފައިވާ އުޅަނދުތަކެއް ކަމަށް އެމްޓީސީސީން ބުނެއެވެ.

your imageމ. އަތޮޅުގައި ސްޕީޑް ފެރީގެ ހިދުމަތް އެމްޓީސީސީން ފެށުން - ފޮޓޯ:އެމްޓީސީސީ

އެ ކުންފުނިން ބުނި ގޮތުގައި މި ހިދުމަތް ހަފުތާއަކު ތިން ދުވަހު މ. އަތޮޅުގެ ހުރިހާ ރަށަކަށް ލިބޭނެ ކަމުގައެވެ. ސްޕީޑް ފެރީ ހިދުމަތުގެ ޝެޑިއުލް އެ ކުންފުނީގެ ވެބްސައިޓުން ފެންނަން ހުންނާނެ ކަމަށް އެމްޓީސީސީން ބުނެއެވެ. އެމްޓީސީސީން ބުނީ ހިދުމަތާ ބެހޭ އިތުރު މައުލޫމާތު ހޯދަން ބޭނުންވާނަމަ އެ ކުންފުނީގެ ހޮޓްލައިން 1650 އަށް ގުޅުމަށް އެދޭ ކަމަށެވެ.

ރާއްޖޭގައި ދަތުރުފަތުރުގެ ހިދުމަތް ފޯރުކޮށްދޭ އެންމެ ބޮޑު ކުންފުނީގެ ހައިސިއްޔަތުން، އެ ކުންފުނީގެ މަގުސަދަކީ އެކަށީގެންވާ އަގުގައި ލުއިފަސޭހަކަމާ އެކު ބޭނުންކުރެވޭ ކަނޑާއި އެއްގަމުގެ ދަތުރުފަތުރުގެ ހިދުމަތެއް ރައްޔިތުންނަށް ފޯރުކޮށްދޭ ކުންފުންޏެއްގެ ގޮތުގައި ދެމިތިބުން ކަމަށް އެމްޓީސީސީން ބުނެއެވެ.

50%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް