ads
ރައީސް ސޯލިހު މޮރީޝިއަސްގެ ބޮޑު ވަޒީރާއެކު---ފޮޓޯ:ރައީސް އޮފީސް
މޮރީޝިއަސްއަށް ރައީސް ފޮނުއްވި ސިޓީ: ކަނޑުން ބައެއް ގެއްލޭނެ ކަމަށް ނެތް
މޮރީޝިއަސްގެ ބޮޑު ވަޒީރަށް ރައީސް އިބްރާހީމު މުހައްމަދު ސޯލިހު ފޮނުއްވި ސިޓީފުޅުގައި ރާއްޖޭގެ ކަނޑުން އެއްވެސް ބައެއް ގެއްލިދާނެ ފަދަ ވާހަކައެއް ނުވަތަ އިޓްލޮސްގެ ނިންމުމަށް އަސަރު ކުރާނެ ފަދަ ވާހަކައެއް ނެތް ކަމަށް ބާ ކައުންސިލުގެ ލޯ ރިފޯމް އެންޑް ރިސާޗު ކޮމިޓީން ބުނެފިއެވެ.

ގާނޫނީ ފަންނުގެ ގާނޫނުގެ ދަށުން އުފައްދާފައިވާ ބާ ކައުންސިލަށް މަތިކޮށްފައިވާ މަސްއޫލިއްޔަތުތަކުގެ ދަށުން، ޗާގޮސް މައްސަލާގައި ދައުލަތުގެ ސަބްމިޝަންގައި އަމަލުކޮށްފައިވަނީ ރަނގަޅަށްތޯ، ބެލުމުގެ މަސައްކަތް ކުރަމުން އަންނަނީ ގާނޫނީ ފަންނުގެ ގާނޫނުގެ ދަށުން އުފައްދާފައިވާ ސަބް ކޮމިޓީއެއް ކަމަށްވާ ލޯ ރިފޯމް އެންޑް ރިސާޗު ކޮމިޓީއިންނެވެ. 

އެ ކޮމިޓީން މިރޭ ސީއެންއެމަށް މައުލޫމާތު ދެމުން ބުނީ ޗާގޮސް މައްސަލާގައި ދައުލަތުން އިޓްލޮސް އަށް ހުށަހެޅި ހުރިހާ ލިޔެންކިއުމާއި، މޮރީޝިއަސްގެ ބޮޑު ވަޒީރަށް ފޮނުއްވާފައިވާ ސިޓީފުޅު ވެސް ލިބިފައިވާ ކަމަށެވެ. 

"އެ ސިޓީގެ ސަބަބުން އިޓްލޮސްގެ ނިންމުމަށް ވެސް، ކަނޑުގެ ސަރަހައްދުން ބައެއް ވެސް އަދި ރާއްޖޭގެ މިނިވަންކަން ގެއްލޭނެ ފަދަ އެއްވެސް ވާހަކައެއް ނެތް،" ކޮމިޓީން މިރޭ ސީއެންއެމަށް ބުނެފައިވެއެވެ. 

ކޮމިޓީން މިރޭ ބުނީ އެ މައްސަލާގައި ދައުލަތުން އަމަލުކޮށްފައިވާ ގޮތް ދިރާސާ ކުރުމަށްފަހު ރިޕޯޓެއް ތައްޔާރުކޮށް އާއްމު ކުރާނެ ކަމަށެވެ. 

ރައީސް އިބްރާހީމު މުހައްމަދު ސޯލިހު ފޮނުއްވި ސިޓީފުޅުގައި ރާއްޖޭގެ ކަނޑުން އެއްވެސް ބައެއް ގެއްލިދާނެ ފަދަ ވާހަކައެއް ނުވަތަ އިޓްލޮސްގެ ނިންމުމަށް އަސަރު ކުރާނެ ފަދަ ވާހަކައެއް ނެތް ކަމަށް ބާ ކައުންސިލުގެ ލޯ ރިފޯމް އެންޑް ރިސާޗު ކޮމިޓީން ބުނި ނަމަވެސް އެ މައްސަލާގައި ބާ ކަައުންސިލުގެ އެގެޒެކެޓިވް ކޮމިޓީން އަދި ވަކި ގޮތެއް ނިންމާފައި ނުވާ ކަމަށް އެނގިފައިވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް