ads
ވޮކޭޝަނަލް އެޑިއުކޭޝަންގެ ފުރަތަމަ ލެބު ތާޖުއްދީގައި ހުޅުވުމުގެ ރަސްމިއްޔާތުގައި މިނިސްޓަރު ތާޖުއްދީން ސުކޫލުގެ ދަރިވަރުންނާއެކު: ފޮޓޯ/އެޑިއުކޭޝަން މިނިސްޓްރީ
ވޮކޭޝަނަލް އެޑިއުކޭޝަން ދިނުމަށް ފުރަތަމަ ޖެނެރަލް ލެބް ތާޖުއްދީނުގައި ހުޅުވައިފި
ވޮކޭޝަނަލް އެޑިއުކޭޝަން ދިނުމަށް ފުރަތަމަ ޖެނެރަލް ލެބް ތާޖުއްދީނު ސުކޫލުގައި ހުޅުވައިފިއެވެ.

އެ ލެބް އިފްތިތާހު ކޮށްދެއްވީ އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީއެވެ. ތާޖުއްދީން ސްކޫލްގައި ގާއިމްކުރި މި ލެބްގެ އެހީގައި، އާންމު ދިރިއުޅުމުގައި ދަސްކުރަން މުހިންމު އެތައް ހުނަރެއް، ދަރިވަރުންނަށް ދަސްވެގެންދާނެ ކަމަށް މިނިސްޓަރު ވަނީ ފާހަގަ ކުރައްވާފައެވެ.

ދަރިވަރުންގެ ފަންނީ ހުނަރުތަކުގެ  އިތުރުން، އުފެއްދުންތެރި ވިސްނުމާއި، ދިރިއުޅުމުގައި ދިމާވާ ކަންކަން ހައްލުކުރުމުގެ ހުނަރުތައް ދަސްވުމާއެކު، މުސްތަޤުބަލުގައި ހުނަރުވެރި، ޤާބިލް، ތަޢުލީމީ ޖީލެއް ބައްޓަން ކުރުމަށް މަގުފަހިވެގެންދާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ. 

މީގެ އިތުރުން މިނިސްޓަރު ވިދާޅުވީ ގައުމު ބިނާކުރުމަށް ބޭނުންވަނީ ފޮތުގެ އިލްމަށްވުރެ އަމިއްލައަށް ކަންކަންކުރަން ދަންނަ ހުނަރުވެރި ދަރިން ކަމަށެވެ. އަދި ގައުމު ބިނާކުރުމަށް ރޮބެޓްތަކަށްވުރެ އަމިއްލަ ސިކުނޑިން އީޖާދީ ވިސްނުން ވިސްނާ ފަންނުވެރިން ވެސް ގައިމަށް ބޭނުންވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް