ads
ފާރިޝް މައުމޫނު
ރައީސް މައުމޫނު ވެރިކަމުގަ އަނިޔާ ލިބުނު މީހުންނަށް ތަސައްލީއެއް ދޭނަން: ފާރިސް
ރައީސް މައުމޫނުގެ ވެރިކަމުގަ އަނިޔާ ލިބުނު ފަރާތްތަކަށް، ތަސައްލީއެއް ހޯއްދަވާ ދެއްވާނެ ކަމަށް ވިދާޅުވެ، ރައީސް މައުމޫނުގެ ދަރިކަލުން ފާރިޝް މައުމޫނު ރައްޔިތުން ކިބައިން މާފަށް އެދި އެމީހުންނަށް އެހީވާނެކަމަށް ވައުދުވެވަޑައިގެންފިއެވެ.
Advertisement

އަމިއްލަ ގޮތުން ރައީސް ކަމަށް ވާދަކުރައްވާ ފާރިޝް މައުމޫން މީސްމީޑިޔާ އަށް އެބޭފުޅާ ދޫކޮށްލެވި ވީޑިއޯ އެއްގައި ވިދާޅުވީ ރައީސް މައުމޫނު ވެރިކަން ކުރެއްވި ދުވަސްރުގައި ރައްޔިތުންގެ ތެރެއިން ބަޔަކަށް އަނިޔާތަކެއްވެ، ހިތާމަތަކެއް ލިބުމަކީ ހަނގީގަތެއް ކަމަށާއި، އެކަން ގަބޫލު ކުރައްވާ ކަމަށެވެ.

އަދި ބައްޕާފުޅު މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި އަނިޔާ ލިބު ރައްޔިތުންނަށް އޭނާގެ ވެރިމެއްގައި ތަސައްލީއެއް ހޯދައްވާއިދެއްވާނެ ކަމަށް ވިދާޅުވެފައިވެއެވެ. 

"މި ހިތާމައިގައި ބަޔަކު ދެމި ތިބި ކަމަށް ގަބޫލު ކުރަން. އެއީ އަޅުގަނޑު ދޮގު ކުރާ ކަމެއްނޫން. އަޅުގަނޑު މި ކަމަށްޓަކާއި ތިބޭފުޅުންގެ އަރިހުން ނިހާޔަތަށް މާފަށް އެދެން،" -ފާރިޝް-

ފާރިޝް ވިދާޅުވީ ބައްޕާފުޅުގެ ވެރިކަމުގައި ކަންތައްތައް ކުރެވުނު ގޮތުގެ ވާހަކަތައް އެ މަނިކުފާނަށް ދެކެވުނު ގޮތަކުން އެ ހިތާމަތައް ލިބުނު އާއިލާތަކަށް ހިތާމަތައް އިތުރުވި ކަމަށެވެ. އެހެން ކަމުން ރައްޔިތުންގެ ކިބައިން ނިހާޔަތަށް މާފަށް އެދޭކަމަށްވެސް ފާރިޝް ވިދާޅުވިއެވެ.

ފާރިޝް ވިދާޅުވީ އެމަނިކުފާނުގެ ވެރިކަމެެއްގާއި އެފަދަ އަނިޔާވެރިކަމެއް ކުޑަމިންވަރަކަށް ވެސް ނުހިނގާނެ ކަމަށާއި، އެފަދަ ކަންކަން ބެލުމަކީ އެމަނިކުފާނުގެ އަމިއްލަ ޒިންމާއެއް ކަމުގައިވެސް ހަދާނެ ކަމަށެވެ.

ތިރީސް އަހަރުގެ ދިގު ވެރިކަމެއް ރައީސް މައުމޫނު ވަނީ ކުރައްވާފައެވެ. މައުމޫނުގެ ވެރިކަމުގެ ފަހުކޮޅުގައި މައުމޫން ވެރިކަމުން ބޭލުމަށް އޭރު ބަޔަކު ނުކުމެ ހަރަކާތްތެރި ހިންގިއެވެ. 30 އަހަރުގެ އަނިޔާވެރިކަން ނިމުމަށް ގެނައުމަށް ކަމަށް އިސްލާހަށް މަސައްކަތް ކުރެއްވި ފަރާތްތަކުން ބުނެއެވެ.

އެގޮތުން އަނިޔާވެރިކަން ބޮޑުވެ އިސްލާހަށް މަސައްކަތްކުރެއްވި ގިނަ ބަޔަކު ނުކުމެ ގިނަ ޕާޓީތަކެއް އެކުލެވުމަށް މަސައްކަތް ކުރެއްވިއެވެ. އަދި އެ މަސައްކަތުން 2008 ވަނަ އަހަރު ބޭއްވުނު އިންތިހާބުން ބައިވެރިވެ ރައީސް މައުމޫނު ނާކާމިޔާބާއި ކުރިމަތިލާން ޖެހުނެވެ.

އޭގެ ފަހުން މިހާރު މި ވަނީ 15 އަހަރު ފުރިފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް