ގާސިމް މިގޮތަށް ވިދާޅުވެފައިވަނީ، ރިޔާސީ ކެމްޕޭނުގައި ހޯރަފުށީގައި ބޭއްވި ކެމްޕޭން ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ގާސިމް ވިދާޅުވީ ޕީޕީއެމާ އެމްޑީޕީއަށް ވެރިކަން ކުރަން ފުރުސަތު ލިބިފައިވާ ކަމަށާއި ނަމަވެސް ރައްޔިތުންނަށްވީ ފައިދާއެއް ނެތްކަމަށެވެ. އެއީ އެ ދެ ޕާޓީން ވެސް ރައްޔިތުންގެ ހައްގުތަކަށް އަރައިގެންފައިވާތީ ކަމަށެވެ. އެހެންކަމުން އެފަރާތްތަކަށް ވޯޓުދޭންޖެހޭ ސަބަބެއް ނެތްކަމުގައި ގާސިމްގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.
ގާސިމް ވިދާޅުވީ އެބޭފުޅާ ވެރިކަމަށް ކުރިމަތިލައްވަން މި ފަހަރު ޖެހިވަޑައިގަތީ ވެސް މިދެންނެވި ސަބަބުތަކަށްޓަކައެވެ. ގައުމުގެ ހާލަތު ވެއްޓެމުންމިދާ ބޮޑު އަނދަވަޅުން ސަލާމަތް ކުރުމަށްޓަކައެވެ. މިނިވަންކަމުގައި ގައުމު ހިފެހެއްޓުމަަށްޓަކައެވެ.