އިލެކްޝަންސް ކޮމިޝަނުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެކޮމިޝަންގެ ނައިބް ރައީސް އިސްމާއީލު ހަބީބު ވިދާޅުވީ ދެ އޮފިޝަލަކު މަސްއޫލިއްޔަތުން ދުރުކޮށް ރިޒާވު ދެ އޮފިސަރަކު ނެރެން ޖެހުނީ އިގުރާރާ ހިލާފުވެ ކެމްޕޭނު ހަރަކާތްތަކެއްގައި ބައިވެރިވުމުން ކަމަށެވެ.
ހަބީބު ވިދާޅުވީ އޮފިޝަލުންނަށް އެއްވެސް ކެންޑިޑޭޑަޓަކަށް ކެމްޕޭން ކުރުމަށް ނުވަތަ އެންޓިކެމްޕޭން ކުރުމަށް ބައިވެރިވުން މަނާވާނެ ކަމަށެވެ.
ސީއެންއެމަށް އެނގިފައިވާ ގޮތުގައި މައްސަލަ ދިމާވެފައިވާ ދެ އޮފިޝަލުން ބައިވެރިވެފައިވަނީ ރަސްދޫގައި ޕީޕީއެމުން ބޭއްވި ކެމްޕޭނު ހަރަކާތްތަކެއްގައެވެ.
އިގުރާރާ ހިލާފުވީ ދެ އޮފިޝަލުން މަސްއޫލިއްޔަތުން ދުރު ކުރުމުން ހިޔާލު ތަފާތުވެ ޕީޕީއެމްއަށް ތާއީދުކުރާ ފަރާތްތަކުން ހިތޔްހަމަނުޖެހުން ފާޅު ކުރަން ފެށުމުން ވޯތުލުން މެދުކެނޑުނެވެ. ނަމަވެސް މިހާރު އެ މައްސަލަ ހައްލުކޮށް ވޯޓުލުން ވަނީ ފަށާފައެވެ.