ads
އިމްތިޔާޒް ފަހުމީ
އާ ކިންގް މޭކަރ އަކީ ރައީސް ނަޝީދު: އިންތި
އިއްޔެ ބޭއްވުނު ރިޔާސީ އިންތިހާބުގެ ނަތީޖާ ނިކުތް ގޮތުން މިހާރު އާ ކިންގް މޭކަރ އަކީ ދަ ޑިމޮކްރެޓްސްގެ އިސް ލީޑަރު ރައީސް މުހައްމަދު ނަޝީދު ކަމަށް، ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ ވިދާޅުވެއްޖެއެވެ.

އިންތި ކުރެއްވެވި ޓްވީޓެއްގައި ވިދާޅުވީ، ރިޔާސީ އިންތިހާބުގެ ނަތީޖާ ނިކުތްގޮތުން، ދެވަނަ ބުރަށް ދިޔަ ދެ ކެނޑިޑޭޓުންވެސް އެއްމެ ބޮޑު އިސްކަމެއް ދެން ދޭންޖެހޭނީ ދަ ޑިމޮކްރެޓްސްއަށް ކަމަށާއި، އަދި އެޕާޓީގެ އިސް ލީޑަރުގެ ހައިސިއްޔަތުން، އާ ކިންގް މޭކަރ އަކަށް ދެންވާނީ ރައީސް ނަޝީދު ކަމަށެވެ.

އިއްޔެ ބޭއްވުނު ރިޔާސީ އިންތިހާބުގެ ނަތީޖާ ދައްކާ ގޮތުން، 46.02 އިންސައްތަ އާއެކު އެއްވަނައަށް ޕީއެންސީގެ ރިޔާސީ ކެނޑިޑޭޓް ޑރ.މުހައްމަދު މުއިއްޒު ދިޔައިރު، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް ލިބިވަޑައިގަތީ 39.12 އިންސައްތައެވެ. އަދި ތިންވަނައަށް ދިޔައީ ދަ ޑިމޮކްރެޓްސްގެ ރިޔާސީ ކެނޑިޑޭޓް އަދި ރައްޔިތުންގެ މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބެވެ. އިލްޔާސް އަށް 7.04 އިންސައްތައިގެ ވޯޓް ލިބިވަޑައިގެންނެވިއެވެ.

2008 ވަނައަހަރުގެ ރިޔާސީ އިންތިހާބާއި، 2013 ވަނައަހަރުގެ ރިޔާސީ އިންތިހާބުގެ 3 ވަނައަށް ދިޔަ ކެނޑިޑޭޓްގެ ހައިސިއްޔަތުން، ރާއްޖޭގައި ބާއްވާ ރިޔާސީ އިންތިހާބުތަކުގެ "ކިންގްމެކަރ" ގެ ދަރަޖަ މީގެ ކުރިން ލިބިވަޑައިގެންފައިވަނީ ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެނޑިޑޭޓް ގާސިމް އިބްރާހީމަށެވެ. އެހެންނަމަވެސް، މިފަހަރުގެ ރިޔާސީ އިންތިހާބުގައި ގާސިމް އިބްރާހިމަށް ލިބިވަޑައިގަތީ 2.52 އިންސައްތައެވެ. ލިސްޓްގެ ތަރުތީބަށް ބަލާނަމަ، ގާސިމް އަށް ލިބިވަޑައިގަތީ 5 ވަނައެވެ.

50%
ކަމުގޮސްފި
10%
އަޑުއެހިތާ މިހުރީ
20%
ސަތޭކައަކުން ސުމެއް
20%
ވަރަށް ސަލާމް
ކޮމެންޓްސް