ads
ލީކްވީ ސިޓީ
ޗާގޯސް މައްސަލައިގެ ސިއްރު ސިޓީ ލީކު ވެއްޖެ، ކަނޑު ދޫކޮށްލާ ވާހަކައެއް ނެތް
ރާއްޖޭގެ ކަނޑުގެ އިމުގެ މައްސަލައިގައި މޮރިޝަސްގެ ބޮޑު ވަޒީރަށް ރައީސް އިބްރާހީމް މުހައްމަދު ޞާލިޙް ފޮނުއްވި ސިޓީ ލީކްވެއްޖެއެވެ.
Advertisement

ރައީސް ސާލިހް ފޮނުއްވި މި ސިޓީ މިހާރު ލީކުވެފައިވާއިރު، މިއީ ސައްހަ ސީޓިއެއްކަން ރައީސް އޮފީހުންވަނީ ކަށަވަރުކޮށްދީފައެވެ. ސިޓީ ލީކުވީ ގޮތް ބަލަމުން އަންނަ ކަމަށްވަނީ މައުލޫމާތު ލިބިފައެވެ.

ރާއްޖޭގެ ދެކުނުން އޮންނަ ޗާގޮސްގެ މައްސަލާގައި ދިވެހި ސަރުކާރުން ދަމަހައްޓަމުން އައި ސްޓޭންޑް ބަދަލުކޮށް، މޮރިޝަސްއާ އެއްކޮޅަށް އދ. ގައި ވޯޓު ދޭނެ ކަމަށް ވިދާޅުވެ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުއްވި ސިޓީގައި ދެކުނުގެ ކަނޑުން ބައެއް ވެސް އަދި އިޓްލޮސްގެ ނިންމުމަށް އަސަރު ކުރާނެ އެއްވެސް ވާހަކައެއް ނެތެވެ.

your imageރަޢީސް މޮރިޝަސްގެ ބޮޑުވަޒީރާއެކު

މޮރީޝަސްއަށް ރައީސް ސިޓީފުޅެއް ފޮނުއްވީ، ޗާގޯސް އާއި ރާއްޖޭގެ ދެކުނުގެ ސަރަހައްދެއް ފުށުއަރާ ކަމަށް ބުނެ މޮރިޝަސްއިން އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) އަށް ހުށަހެޅި މައްސަލައިގެ އަޑުއެހުންތައް ކުރިއަށް ދަނިކޮށެވެ. އެއީ އދ. ގައި ދެން ނަގާ ވޯޓެއްގައި ޗާގޯސްގެ މައްޗަށް މޮރިޝަސްގެ ސިޔާދަތީ ބާރު ހިނގާކަމަށް ރާއްޖޭން ތާއީދުކުރާނެ ކަމަށް ވިދާޅުވެ ކުރީގެ ސްޓޭންޑް ބަދަލުކޮށް މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުއްވި ސިޓީފުޅެކެވެ.

އިމުގެ މައްސަލަ ނިންމީ އެ ސިޓީއަށް ރިއާއަތްކޮށްގެން ކަމަށާއި އެހެންވެ ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބޮޑު ބައެއް ގެއްލިފައިވާ ކަމަށް އިދިކޮޅު ފަރާތްތަކުން ދަނީ ތުހުމަތުކުރަމުންނެވެ. އަދި އެ ސިޓީ މަޖިލީހާ ވެސް ހިއްސާނުކުރާ ކަމަށާއި، އެ ސިޓީ ހާމަކުރުމަށް ވެސް އިދިކޮޅުން ދަނީ ގޮވާލަމުންނެވެ. ސިޓީ މި ލީކުވީ އެ ވާހަކައިގެ އަޑު މަޑު ވެފައިވަނިކޮށެވެ.

25%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
75%
ވަރަށް ސަލާމް
ކޮމެންޓްސް