ads
އިމްރާން ޖަލްސާގައި ވާހަކަ ދައްކަވަނީ: ފޮޓޯ އެމްޑީޕީ
މި ނިކުތީ ސިޔާސީ މީހުން ކުޑަގޮޅިޔަށް ލިޔަ ނުދޭން: އިމްރާން
އަޅުގަނޑުމެން މި ނިކުތީ ރާއްޖޭގެ ސިޔާސީ މަސައްކަތް ކުރާ ފަރާތްތަކުން ކުޑަގޮޅިތަކަށް ލިޔަ ނުދޭން ކަމަށް ކަމަށާއި، އިންތިހާބުގައި ގަދަކުރައްވާނެ ކަމަށް އަދާލަތު ޕާޓީގެ ރައީސް ޝެއިހު އިމްރާން ވިދާޅުވެއްޖެ އެވެ.
Advertisement

އެމްޑީޕީން މާލޭގެ ދަނޑިކޮށި ޖަގަހައިގައި މިހާރު ކުރިއަށްދާ އެމްޑީޕީގެ ކެމްޕެއިން ދެވަނަ ބުރު ފެށުމުގެ ޖަލްސާގައި ވާހަކަ ދައްވަމުން އިމްރާން ވިދާޅުވީ އެމްޑީޕީ އިންތިހާބުން ބަލި ނުކުރެވޭ ކަމަށެވެ. 

ޕީޕީއެމްގެ ޖަލްސާއެއްގައި އިދިކޮޅު ޕީޕީއެމް / ޕީއެންސީ ކޯލިޝަނުން ބޭއްވި ޖަލްސާގައި ޕީޕީއެމްގެ ރައީސް އަބުދުއްރަހީމް އަބުދުﷲ ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ޕީޕީއެމްގެ ވެރިކަމެއްގައި ޖަލަށް ލާނެ ކަމަށް ވިދާޅުވި ވާހަކަ އަށް ރަށްދުދެއްވައި ވިދާޅުވީ އެމްޑީޕީއާއެކު އަދާލަތު ޕާޓީ ނުކުތީ ސިޔާސީ ފަރާތްތަކުން ޖަލުގެ ކުޑަގޮޅި އަށް ލިޔަ ނުދޭން ކަމަށެވެ. 

އެމްޑީޕީން ވަނީ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ވަރަށް ބޮޑު ތަފާތަކުން ބަލިވެފަ އެވެ. 

އިމްރާން ވިދާޅުވީ ރިޔާސީ ރޭހުގެ ފުރަތަމަ ބުރުގައި ދަށް ނަތީޖާއެއް ލިބިފައި ވަނީ އެކަށީގެންވާ ވަރަށް މަސައްކަތް ނުކުރެވި މަޑުމަޑުން ތިބުމުން ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. އަދި ވިދާޅުވީ އިތުރު ހިތްވަރާއެކު މި ނިކުތީ އިންތިހާބު ކާމިޔާބު ކުރަން ކަމަށެވެ. 

"އަޅުގަނޑުމެން ނަށް މިވީ ގޮތަކީ ތަންކޮޅެއް ބާރަށް ދުވެވޭތީވެ ކުޑަކޮށް މަޑުކޮށްލީ. މިހާރު މިތިބީ ބާރަށް ދުވަން ނުކުމެ. އަޅުގަނޑުމެން މި ތިން ޕާޓީ މޮޅުވާނެ. މިތިބީ ރާއްޖޭގެ ސިޔާސީ މަސައްކަތް ކުރާ ހުރިހާ މީހުން ޖަލުގެ ކުޑަގޮޅި ތަކަށް ލިޔަ ނުދޭން." އިމްރާން ވިދާޅުވި އެވެ.

އިމްރާން ވިދާޅުވީ ރިޔާސީ ދެވަނަ ބުރުގައި ރައްޔިތުން ވިސާނެ ކަމަށާއި، އިދިކޮޅު ޕީޕީއެމް ކޯލިޝަނަށް ވެރިކަން ލިބިއްޖެނަމަ މާލެ ސަރަހައްދުން ގޯތި ދިން ފަރާތްތަކުގެ އަތުން ގޯތިވެސް އަތުލައްވާނެ ކަމަށާއި، ރަށްރަށުގެ ތަރައްގީގެ މަސައްކަތްތައްވެސް ހުއްޓިދާނެ ކަމަށެވެ. 

"ހުރިހާ ރަށެއްގެ ކަޑު ބެލުނީމާ އަޅުގަނޑުމެންނަށް ވާނީ ރަގަޅު. އެނގޭ މާލޭ ރައްޔިތުންނަށް ލިބުނު ގޯތި އަތުލާނެ. ފުލެޓު އަތުލާނެކަން. ނަރުދަމާ ހަދައި ނުދޭނެކަން. މިހެން ވީމާ މިރާއްޖޭގެ ރައްޔިތުން ވަރަސް ވިސްނާނެ. އެންމެ ފުރަތަމަ ކެމްޕޭނު ފެށި ދުވަހު ށ ފޯކައިދޫގައި ބުނިން ހިނގާށޭ ދެތިން ގަޑީރު ނިދަން." އިމްރާން ވިދާޅުވި އެވެ.

އިމްރާން ވިދާޅުވީ އެމްޑީޕީ އަދި އަދާލަތު ޕާޓީ އާއި އެމްޑީއޭ އަށްވެސް ސީރިއަސް ވާން އެނގޭ ކަމަށާއި، ދެވަނަ އިންތިހާބު ކާމިޔާބު ކުރައްވާނީ ފަސޭހަ ކަމާއެކުގައި ކަމަށެވެ. 

75%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
25%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް