ރައީސް އޮފީހުގެ މިނިސްޓަރު އިބްރާހިމް ވަހީދު ސޮއިކުރައްވައި މިއަދު ފޮނުވި ސިޓީއެއްގައި ބުނެފައިވަނީ ގާނޫނުއަސާސީގެ 115 ވަނަ މާއްދާގެ ދަށުން ރައީސަށް ލިބިދޭ ބާރުގެ ދަށުން އޭނާ އެ މަގާމުން ވަކިކުރައްވާފައިވާ ކަމަށެވެ.
ނައުޝާދު މަގާމުން ވަކިކުރައްވާފައި މިވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް ތައުރީފު ކުރައްވާ އިނގިރޭސިވިލާތަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ފަރަހަނާޒް ފައިސަލާއި ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ މީގެ ދެ ދުވަސް ކުރިން އެކްސްގައި ލިޔުއްވާފައި ވަނިކޮށެވެ.
އެމްޑީޕީ އުފެދުނީއްސުރެ އެ ޕާޓީގައި އުޅުއްވަމުން ގެންދަވާ ނައުޝާދު ފާހަގަވެފައިވަނީ ރައީސް ނަޝީދާ އަރިސް ބޭފުޅެއްގެ ގޮތުގައެވެ. އެ ޕާޓީގެ ރިޔާސީ ޕްރައިމަރީގައި އޭނާ ތާއީދުކުރައްވާފައި ވަނީ ވެސް ރައީސް ނަޝީދަށެވެ.