ads
ޕީޕީއެމްގެ ނޫސްވެރިންގެ ބައްދަލުވުން، ފޮޓޯ: ރިލްވާން މޫސާ
ދެވަނަ ބުރަށް އެމްޑީއޭ އާއެކުވެސް މަޝްވަރާކުރަން: ޕީޕީއެމް
ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ކާމިޔާބު ހޯދުމުގެ ގޮތުން އެމްޑީއޭ އާއެކުވެސް މަޝްވަރާތައް ކުރައްވަމުން އަންނަ ކަމަށް އިދިކޮޅު ކޯލިޝަނުން ބުނެފި އެވެ.
Advertisement

ޕީޕީއެމްގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންނާ ބައްދަލުވުމުގައި "ސީއެންއެމް" އިން ވަކި ފަރާތަކާއި ކޯލިޝަން ހައްދަވަން ވިސްނަންތޯ ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން މުއިއްޒުގެ ތަރުޖަމާން މުހައްމަދު ތޮލާލް ވިދާޅުވީ އެމްޑީޕީ އަށް ލިބުނު ކާމިޔާބެއް ނެތް ކަމަށާއި، އިންތިހާބުގެ ދެވަނަ ބުރުގައި އެމްޑީއޭ އާ އެކު ކޯލިޝަން ހެދުމަށް މަޝްވަރާތައް ކުރައްވަމުން އަންނަ ކަމަށެވެ. 

ތޮލާލު ވިދާޅުވީ އެމްޑީއޭގެ އިސް ސަފުން ޕީޕީއެމްއާ ބައްދަލުކޮށް ވާހަކަތަކެއް ދެކެވެމުން އަަންނަ ކަމަށެވެ. އެކަަމަކު ރަސްމީ އެއްވެސް މަޝްވަރާތަކެއް އަދި މިހާތަނަށް ނުފަށާ ކަަމަށް އޭނާ ވިދާޅުވި އެވެ. 

ތޮލާލް ވިދާޅުވީ އިންތިހާބުގެ ދެވަނަ ބުރުގައިވެސް ބުރަ މަސައްކަތްތަކެއް ކުރައްވަންޖެހޭ ކަމަށެވެ. އެހެން ކަމުން ސިޔާސީ މަސައްކަތްކުރާ ހުރިހާ ފަރާތްތަކާއެކުވެސް އެޕާޓީން ވާހަކަ ދައްކަމުން އަންނަ ކަމަށެވެ. އަދި ވިދާޅުވީ އަމިއްލަ ގޮތުން ވާދަ ކުރެއްވި ފާރިޝް މައުމޫން އެ ކޯލިޝަނާއި ގުޅުމަށް ރަސްމީ މަޝްވަރާތަކެއް ކުރެވިއްޖެ ކަމަށާއި، މަޝްވަރާތަކުން ކާމިޔާބު ލިބިގެންދާނެ ކަމަށެވެ. 

"ދެވަނަ ބުރުވެސް ބުރަ މަސައްކަތްތަކެއް ކުރަންޖެހޭނެ. އެހެންވީމަ ހުރިހާ ސިޔާސީ މީހުންނާވެސް އެބަ ވާހަކަ ދައްކަން. ފާރިޝްގެ ފަރާތުން ދެއްވީ ވަރަށްވެސް ޕޮޒިޓިވް ޖަވާބެއް. މަޝްވަރާތަކުން ކާމިޔާބު ލިބޭނެ ކަމަށް ބަލަމާ." ތޮލާލް ވިދާޅުވި އެވެ.

ތޮލާލް އިތުރަށް ވިދާޅުވީ އެމްއެންޕީ އާއެކު އެޕާޓީން ދެވަނަ ބުރުގައި މަސައްކަތްތައް ކުރުމަށް އެއްބަސްވެފައިވާ ކަމަށާއި، އެންއެންޕީން ވަނީ ޕީޕީއެމްގެ މެނިފެސްޓޯ ތަމްފީޒުކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވެފައި ކަމަށެވެ. 

"އެމްޑީއޭގެ، އިސް ބޭފުޅުންނާއިއެކު ރަސްމީ މަޝްވަރާތަކެއް އަދި ނެތް. ރަސްމީ މަޝްވަރާތަކެއް އަދި އަޅުގަނޑުމެން ޝިޔާމްމެންނާ އެކު ނުހިންގަވާ،" ތޮލާލް ވިދާޅުވި އެވެ.

އެމްޑީއޭއާ އެކު ނުރަސްމީ ވާހަކަތައް ދެކެވެމުން އަންނަ ކަމަށް ޕީޕީއެމުން ބުނި ނަމަވެސް، މިފަހަރުގެ އިންތިހާބުގެ ފުރަތަމަ ބުރުގައި އެމްޑީޕީގެ ކޯލިޝަނާ ގުޅުނު އެމްޑީއޭ، ފުރަތަމަ ބުރުގެ ނަތީޖާއަށް ފަހު ވެސް އެ ޕާޓީގެ ރައީސް އަހްމަދު ސިޔާމް މުހައްމަދު ހުންނެވީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ އަރިހުގައި ގަދަކޮށް ސާބިތުކޮށް ކަމުގައި އެ ޕާޓީގެ ނައިބު ރައީސް އަލީ މައުރޫފް މިއަދު ވަނީ ވިދާޅުވެފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް