ads
ބީޗު ވޮލީ ޓީމުގެ މެންބަރުން
ބީޗު ވޮލީ ޓީމު ފުރަތަމަ ދެ މެޗުންވެސް މޮޅުވެއްޖެ
ބަންގްލަދޭޝްގައި މިހާރު ކުރިއަށްދާ ސެންޓްރަލް އޭޝިއަން ވޮލީބޯލް އެސޯސިއޭޝަން (ކާވާ) ބީޗްވޮލީބޯލް ޓުއާގައި ދިވެހި ގައުމީ ބީޗްވޮލީ ބޯޅަ ޓީމުގެ، އިސްމާއިލް ސާޖިދު (ކުޑަކާއްޓެ) އާއި އާދަމް ނަސީމް (އެޑަމް)ގެ ޕެއާ ކުޅުނު ފުރަތަމަ ދެ މެޗުން މޮޅުވެއްޖެ އެވެ.

ކޮކްސް ބަޒާރުގެ ކަލަޓާލީ ސީ ބީޗުގައި ކުރިއަށްދާ މި މުބާރާތުގެ ހެނދުނު ދަންފަޅީގައި ކުޅުނު މެޗުގައި އެޑަމް އާއި ކުޑަކާއްޓެގެ ޕެއާ ނުކުތީ ބޫޓާންގެ ސޯނަމް އާއި ރާމްގެ ޕެއާއާ ދެކޮޅަށެވެ. މި މެޗުން އެޑަމް އާއި ކުޑަކާއްޓެގެ ޕެއާ މޮޅުވީ 21-05، 21-08 އިންނެވެ.

ދިވެހި ޕެއާ މެންދުރު ފަހު ކުޅުނީ ބަންގްލަދޭޝްގެ މަންސޫރު އާއި ޝާޖަހާންގެ ޕެއާއާ ދެކޮޅަށެވެ. މިމެޗުން ދިވެހި ޓީމު މޮޅުވީ، 21-13 އަދި 21-19 އިންނެވެ. ދިވެހި ޓީމުގެ ތިންވަނަ މެޗުގައި ކުޅޭނީ މާދަމާ އިންޑިޔާއާ ދެކޮޅަށެވެ.

މި ފަހަރު ގައުމީ ބީޗްވޮލީ ޓީމުގެ ކޯޗަކީ ކުރީގެ ކުޅުންތެރިޔާ، ޝިއުނާޒް އަބްދުލް ވާހިދު (މަންކޭ) އެވެ. އެސިސްޓަންޓް ކޯޗަކަށް ހުރީ މުހައްމަދު ރިޝްވާން އެވެ. މަންކޭ އާއި ރިޝްވާން ވަނީ ކުރިން ބީޗްވޮލީ ޓީމުގެ ކޯޗަކަށް ހުރި ބްރެޒިލްގެ ވިނީޝިއުސް މާޓިންއާ އެކު ވެސް މަސައްކަތްކޮށްފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް