ads
މަތީ ތައުލީމު ހާސިލްކުރަމުންދާ ދަރިވަރުންތަކެއް
ކޮމަންވެލްތު ސްކޮލާޝިޕް އަށް ހުޅުވާލައިފި
އިނިގިރޭސިވިލާތުން މަތީ ތައުލީމު ހާސިމް ކުރުމުގެ ފުރުސަތު ލިބޭ "ކޮމަންވެލްތު ސްކޮލާޝިޕް" އަށް އެދި ހުށަހެޅުމުގެ ފުރުސަތު މިއަދު ހުޅުވާލައިފި އެވެ.

ކޮމަންވެލްތު ސްކޮލާޝިޕަށް އެދި ހުށެޅޭނީ ހަމައެކަނި މާސްޓާސް ޑިގްރީ ލެވެލްއަށް އެކަންޏެވެ. މި ސްކޮލާޝިޕް ލިބޭނީ މާސްޓާސް ޑިގްރީ ހާސިލް ކުރަން ބޭނުންވާ ދެ ފަރާތަކަށެވެ.

މާސްޓާސް ޑިގްރީގެ ޝަރުތުތަކުގެ ތެރޭގައި ހިމެނެނީ ކިޔަވަން އެދޭ ކޯހަކުން ބެޗްލާސް ޑިގްރީ ހާސިލްކޮށް އަދި ކޮމަންވެލްތު ސްކޮލާޝިޕް ކޮމިޝަންގެ ވެބްސައިޓުގައި އިތުރު ޝަރުތެއްވާނަމަ އެ ޝަރުތެއް ފުރިހަމަކޮށްފައިވުމެވެ.

ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ކުރި އިއުލާނުގައި ބުނެފައި ވަނީ ކޮމަންވެލްތު ސްކޮލާޝިޕަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފައި ވަނީ މިމަހުގެ 26 ވަނަ ދުވަހުގެ 1:30ގެ ނިޔަލަށް ކަމަށެވެ.

ކިޔަވަން އެދޭ ކޯހާ ގުޅޭ ޝަރުތުތަކުގެ އިތުރުން އިތުރު ޝަރުތުތަކެއް މިނިސްޓްރީގެ އިއުލާނުގައި ފާހަގަކޮށްފައިވާއިރު މި ކޯހާއި ގުޅޭ އިތުރު މަުއލޫމާތު މިނިސްޓްރީގެ ވެބުސައިޓުގައިވެސް ވަނީ ޝާއިއު ކޮށްފަ އެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް