ads
އައިޖީއެމްއެހްގައި ނަރުހުން ހަރަކާތްތެރިވަނީ
ސިއްޙީ އަދި އިޖްތިމާއީ މުސާރައިގެ ޝަކުވާތަކަށް ހައްލެއް
ދައުލަތުގެ އައު މުސާރައިގެ އޮނިގަނޑަށް ހިޖުރަކުރި މުވައްޒަފުންގެ ތެރެއިން ހެލްތް އެންޑް ސޯޝަލް ހެލްތް ސެކްޓަރއާއި ސޯޝަލް ސަރވިސް މެޓްރިކްސްތަކުގައި ހިމެނޭ މުވައްޒަފުންގެ ފަރާތުން ހުށަހަޅުއްވާފައިވާ މައްސަލަތައް ދިރާސާ ކުރެއްވުމަށްފަހު ކަމާބެހޭ އިދާރާތަކާ ގުޅިގެން މި މައްސަލަތައް ހައްލުކުރުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ މުހިންމު ނިންމުންތަކެއް ނިންމަވައިފިއެވެ

މިކަމާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ މި ނިންމެވުންތައް ނިންމަވާފައިވަނީ ޞިއްޙީ ފަންނުވެރިންގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ހުށަހެޅިފައިވާ މައްސަލަތައް ދިރާސާކުރެއްވުމަށްފަހ،ު އައު މުސާރައިގެ އޮނިގަނޑަށް ހިޖުރަކުރުމުން މި ދާއިރާގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ދަތިތަކެއް ކުރިމަތިވަމުންދާކަމަށް އެމަނިކުފާނަށްވެސް ޤަބޫލުކުރެއްވޭތީއާއ،ި އަދި ކުރިމަތިވަމުންދާ ދަތިތަކަށް ރިޢާޔަތްކުރެއްވުމާއެކ،ު މި ދާއިރާތަކުގެ އެކި ބޭފުޅުންނާ މަޝްވަރާކުރައްވައ،ި އެ ބޭފުޅުންގެ ލަފަޔާ އިރުޝާދުގެވެސް މަތީން ކަމަށެވެ. 

މިގޮތުން ، 1 މޭ 2023 އިން ފެށިގެން ދައުލަތުން ޕޭ ފްރޭމްވަރކަށް ހިޖުރަކުރި ޞިއްޙީ ފަންނުވެރިން ގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ހުށަހަޅުއްވާފައިވާ ކަންބޮޑުވުންތަކާ ގުޅޭގޮތުން މިނިސްޓްރީ އޮފް ފިނޭންސާ މަޝްވަރާކުރެއްވުމަށް ފަހ،ު ޕޭ ފްރޭމްވަރކަށް ހިޖުރަކުރި ސޯޝަލް ސަރވިސް މެޓްރިކްސްތަކުގައި ހިމެނޭ މުވައްޒަފުންގެ ތެރެއިން ރަސްމީ ބަންދު ދުވަހު އޮފީހަށް ހާޒިރުވާ މުވައްޒަފުންނަށް ހާޒިރީ އިނާޔަތް ލިބޭ ގޮތަށް ހަމަޖެއްސެވުމަށް ވަނީ ނިންމަވާފައެވެ. 

"ޕޭ ފްރޭމްވޯކަށް ހިޖުރަކުރި ސޯޝަލް ސާވިސް މެޓްރިކްސްތަކުގައި ހިމެނޭ މުވައްޒަފުންގެ ތެރެއިން ރަސްމީ ބަންދު ދުވަހު އޮފީހަށް ހާޒިރުވާ މުވައްޒަފުންނަށް ހާޒިރީ އިނާޔަތް ލިބޭ ގޮތަށް ހަމަޖެއްސުމަށް ވަނީ ނިންމާފައި،" އެ ބަޔާނުގައި ބުނެފައިވެ އެވެ.

މީގެ އިތުރުނ،ް ޕޭ ފްރޭމްވަރކަށް ހިޖުރަކުރި މުވައްޒަފުންގެ ތެރެއިން ހެލްތް އެންޑް ސޯޝަލް ހެލްތް ސެކްޓަރ މެޓްރިކްސްތަކުގައި ހިމެނޭ ޑިއުޓީ އުސޫލުން ރަސްމީ ބަންދު ދުވަހު އޮފީހަށް ހާޒިރުވާ މުވައްޒަފުންނަށްވެސް ހާޒިރީ އިނާޔަތް ލިބޭ ގޮތަށް ހަމަޖެއްސެވުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ނިންމަވާފައެވެ. 

އެހެންކަމުން މި ނިންމެވުންތަކާއެކު ޞިއްޙީ ފަންނުވެރިންނަށް ކުރިމަތިވެފައިވާ ދަތިތަކަށް ހައްލެއް ލިބިގެންދާނެކަމަށްވެސް މިއުވާން ވިދާޅުވިއެވެ.

ސަރުކާރުގެ އައު މުސާރައިގެ އޮނިގަނޑަށް މޭމަހުގެ 1 ވަނަދުވަހު ހިޖުރަކުރި ސިއްހީ އަދި އިޖުތިމާއީ ދާއިރާގައި ހަރަކާތްތެރިވާ 3710 ފަރާތެއްގެ މުސާރައަށް ވަނީ ހެޔޮ ބަދަލު ގެނުވިފައެވެ.

އިއްޔެގެ ވަގުތެއްގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ސިއްހީ ދާއިރާގައި ހަރަކާތްތެރިވާ ނަރުހުންނާއި އަދި ޓީޗަރުންގެ ފަރާތުން ހުށަހަޅާފައިވާ ކަންބޮޑުވުންތަކަށް ބެއްލެވުމަށް، އެ ދެދާއިރާގައި މަސައްކަތްކުރާ މުވައްޒިފުންގެ މުސާރައަށްވެސް ބަދަލު ގެންނަވާފައެވެ.

33%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
67%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް