ads
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު: ވިދާޅުވީ ސަރުކާރުގެ ވާޖިބަކީ އުތީމު މަހާރަދުން ހޯއްދަވައިދެއްވި ގައުމިއްޔަތާއި މިނިވަންކަން ދިފާއުކޮށް ރައްކާތެރިކުރުން ކަމަށް - ފޮޓޯ:ރައީސް އޮފީސް
ސަރުކާރުގެ ވާޖިބަކީ އުތީމު މަހާރަދުން ހޯއްދެވި މިނިވަންކަން ދިފާއުކުރުން
ދިވެހި ސަރުކާރުގެ އެންމެ އިސް ވާޖިބަކީ އުތީމު މަހާރަދުން ދިވެހިންނަށް ހޯއްދަވައިދެއްވި ދިވެހި ގައުމިއްޔަތާއި ދިވެހިންގެ މިނިވަންކަން ދިފާއުކޮށް ރައްކާތެރިކޮށްދިނުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
Advertisement

ދިވެހިރާއްޖޭގެ ގައުމީ ދުވަހުގެ މުނާސަބާގައި ފޮނުއްވި ހިތާބު ފަށްޓަވަމުން ރައީސް ވަނީ ރާއްޖޭގެ ފަހުރުވެރި ގައުމީ ދުވަހުގެ މުނާސަބާގެ ތަހުނިޔާ ހެޔޮއެދުންތައް ރާއްޖޭގެ އެންމެހާ ރައްޔިތުންނަށް އަރިސްކުރައްވާފައެވެ. ގައުމީ ދުވަސް އެ ބަތަލަކަށް ނިސްބަތްވާ އައްސުލްތާނުލް ޣާޒީ މުހައްމަދު ތަކުރުފާނުލް އައުޒަމް ސިރީ ސަވާދީއްތަ މަހާރަދުންގެ މަތިވެރި ޖިހާދުގެ ހަނދާން އާކުރައްވައި، އެ ތަކުރުފާނާއި އެތަކުރުފާނުގެ ގައުމީ ޖިހާދުގައި ބައިވެރިވެވަޑައިގެންނެވި ފަރާތްތަކަށް ސުވަރުގޭގެ މަތިވެރި ނިއުމަތް މިންވަރު ކުރެއްވުން އެދި ދުއާ ދަންނަވާފައެވެ.

ރައީސްގެ ހިތާބުގައި ކޮންމެ ދިވެއްސެއްގެ ހިތުގައި ކަނޑައަޅާފައިވާ އެންމެ ވަރުގަދަ އަޒުމަކީ އިސްލާމް ދީނާއި ބަހާއި އަދަބިއްޔާތާއި ދިވެހިންގެ ތާރީހާއި ސަގާފަތުގެ އެއްގޮތް ކަމާއި ސިޔާދަތީ މިނިވަންކަމާއި އެ މިނިވަންކަންމަތީގައި ދަމަހައްޓަމުން އަންނަ ސުލްހަ މަސަލަސްކަން ހިމެނޭގޮތުން ދިވެހި ގައުމިއްޔަތުގެ މި އަސާސްތައް ހިމާޔަތްކޮށް ރައްކާތެރިކުރުން ކަމުގައި ފާހަގަ ކުރައްވާފައިވެއެވެ.

"އަޅުގަނޑުމެން ކޮންމެ ދިވެއްސެއްގެ ހިތުގައި ސާބިތުކަމާއެކު ކަނޑައަޅާފައިވާ އެންމެ ވަރުގަދަ ޢަޒުމަކީ، ދިވެހި ގައުމިއްޔަތުގެ މި އަސާސްތަކަށް ކުޑަވެސް ގުޑުމެއް އެރިޔަނުދީ ހިމާޔަތްކޮށް ރައްކާތެރިކުރުން." ރައީސްގެ ޚިޠާބުގައި ވެއެވެ.

ބައިނަލްއަގުވާމީ މުޖުތަމައުގައި އިތުބާރު ކުރެވޭ ގައުމެއްގެ ގޮތުގައި ދިވެހިރާއްޖޭގެ ނަން މިއަދުވެސް ލިޔެވިފައިވަނީ، އެންމެ ފުރިހަމަ މާނައިގެ މިނިވަން ގައުމެއްގެ ގޮތުގައިކަން ރައީސްގެ ހިތާބުގައި ވަނީ ފާހަގަކުރައްވާފައެވެ. އަދި މިއަދުވެސް ސަރުކާރުގެ އެންމެ އިސް ވާޖިބަކީ އުތީމު މަހާރަދުންގެ ހިތްވަރާއި ފަންވަރުން ދިވެހިންނަށް ހޯއްދަވައިދެއްވި ދިވެހި ގައުމިއްޔަތާއި ދިވެހިންގެ މިނިވަންކަން ދިފާއުކޮށް ރައްކާތެރިކުރުން ކަމުގައި އެމަނިކުފާނުގެ ހިތާބުގައި ފާހަގަކުރައްވާފައިވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް