ads
ނޮޅިވަރަމްފަރު
އިސްލާމް ދީނާ ދެކޮޅު ހަރަކާތްތަކެއް ހިންގި ނޮޅިވަރަމްފަރު މީހަކު ހައްޔަރުކޮށްފި
އިސްލާމް ދީނާ އިދިކޮޅު އަމަލުތަކެއް ހިންގި ދިވެހި ފިރިހެނަކު ހައްޔަރުކޮށްފިއެވެ.

އިސްލާމް ދީނާ އިދިކޮޅު އަމަލުތަކެއް ހިންގިކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވަނީ، ހދ. ނޮޅިވަރަމްފަރު މޫންލައިޓް ނަދީމް އަލީ ކިޔާ އުމުރުން 32 އަހަރުގެ މީހެކެވެ. އޭނާ ހައްޔަރުކޮށް ކޯޓަށް ހާޒިރު ކުރުމުން، 15 ދުވަހު ބަންދުކޮށްފައި ބަހައްޓަންވަނީ އަމުރުކޮށްފައެވެ.

ނަދީމް އަލީގެ ބަންދު އަމުރު ރިޕޯޓުން އެނގޭ ގޮތުގައި އޭނާގެ މައްޗަށް އިސްލާމްދީނާއި އިދިކޮޅު ހަރަކާތްތައް ހިންގިކަމުގެ ތުހުމަތު ކުރެވޭ މިންވަރަށް ހެކި ގަރީނާ ހުށަހަޅާފައިވެއެވެ. އެހެންކަމުން މުޖުމަތައުގެ ރައްކާތެރިކަމަށްޓަކައި އޭނާ ހައްޔަރު ކުރަން ކޯޓުން އަމުރު ކުރިއެވެ.

ނަދީމް އަލީގެ މައްޗަށް ތުހުމަތު ކުރެވޭ ކަންކަން ކުރިކަމަށް އޭނާ އިންކާރެއް ނުކުރެއެވެ. ނަދީމް އަލީގެ ބަންދު ލޮގް އޮތް ކަންވެސް ބަންދު އަމުރު ރިޕޯޓުން އެނގެއެވެ.

އަދި އޭނާ އެ އަމަލު ހިންގާފައިވާ ގޮތުންނާ މީގެ ކުރިންވެސް އެފަދަ ކަންކަން ކޮށްފައިވާތީ އޭނާ އެ ކުށް ތަކުރާރު ކުރާނެ ކަމުގެ އިހުތިމާލު އޮތް ކަމަށްވެސް ބަންދު އަމުރު ރިޕޯޓުގައި ބުނެފައިވެއެވެ.

0%
ކަމުގޮސްފި
38%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
63%
ވަރަށް ސަލާމް
ކޮމެންޓްސް