ads
ލ.އަތޮޅަށް ރައީސް ސޯލިހު ކުރެއްވި ދަތުރުފުޅުގައި ސިޔާމުގެ އަރިހުގައި---ފޮޓޯ:އެމްޑީޕީ
ސިޔާމު ހުރީ ގަދަކޮށް ރައީސްއާއެކު: މައުރޫފު
އެމްޑީއޭގެ ލީޑަރު އަހުމަދު ސިޔާމު މުހައްމަދު ހުންނެވީ ރައީސް އިބްރާހީމު މުހައްމަދު ސޯލިހާއެކު ގަދަކޮށް ކަމަށް އެމްޑީއޭގެ ނައިބް ލީޑަރު އަލީ މައުރޫފު ވިދާޅުވެއްޖެއެވެ.

ސޯސަން ޖަގަހާގައި ރައީސް ސޯލިހާއެކު މިރޭ ބޭއްވި އެއްވުމުގައި ވާހަކަ ދައްކަވަމުން މައުރޫފު ވިދާޅުވީ އަޒުމަށް ބަދަލެއް ނާންނަ ކަމަށާއި އެމްޑީއޭގެ ލީޑަރު ސިޔާމު ވެސް ހުންނެވީ ގަދަކޮށް ރައީސް ސޯލިހާއެކު ކަމަށެވެ. 

އިންތިހާބުގެ ފުރަތަމަ ބުރަށްފަހު ކެމްޕޭނުން ސިޔާމު ނުފެންނާތީ އިދިކޮޅުން ގެންދަނީ ސުވާލު އުފައްދަމުންނެވެ. 

"އޮނަރަބަލް އަހުމަދު ސިޔާމާއި ރައީސުލްޖުމްހޫރިއްޔާއާއި ގާތް ގުޅުމެއް އެބައޮތް. އަޅުގަނޑު އިލްތިމާސް ކުރަނީ ތި ހުރިހާ ބޭފުޅުންނަށް، އަތޮޅުތެރޭގަ ތިއްބެވި ބޭފުޅުންނަށް ވެސް ހަމަ ކޯލިޝަން ރޫހުގައި ވަރުގަދައަށް ޖަގަހަތަކުގައި ޖައްސާށޭ. އަޅުގަނޑުމެންގެ އަޒުމަކަށް ބަދަލެއް ނާދެއޭ،" މައުރޫފު ވިދާޅުވިއެވެ.

މައުރޫފު ވިދާޅުވީ އިންތިހާބުގެ ފުރަތަމަ ބުރަށްފަހު ކެމްޕޭނު މަޑު ޖައްސާލީ ހާސްވެގެން ނޫން ކަމަށެވެ. ނަމަވެސް ރާޒުވާގެ ކުޅިބައި ރަނގަޅަށް އަތުރާލީ ކަމަށާއި، ދެވަނަ ބުރު ބޮޑުތަނުން ކާމިޔާބު ކުރެވޭނެ ކަމަށް މައުރޫފު ވިދާޅުވިއެވެ. 

މައުރޫފު ވިދާޅުވީ ދެވަނަ ބުރުގައި އެމްޑީއޭއިން ޖައްސާނީ އަދި މާ ވަރުގަދައަށް ކަމަށާއި އިދިކޮޅު ކެންޑިޑޭޓު ޑރ.މުހައްމަދު މުއިއްޒު ބޮޑުތަނުން ބަލި ކުރާނެ ކަމަށެވެ. 

71%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
29%
ވަރަށް ސަލާމް
ކޮމެންޓްސް