ads
އަދީބު ކޯޓަށް ހާޒިރު ކުރި ދުވަހެއްގައި
ސިންގަޕޫރުގައި އަދިވެސް މަޑުކުރައްވަން އަދީބު އެދިވަޑައިގެންފި
ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ބޭސްފަރުވާއަށް ސިންގަޕޫރުގައި ހުންނަވާ މުއްދަތު އަނެއްކާވެސް އިތުރުކޮށްދެއްވުމަށް އަދީބު އެދިވަޑައިގެންފިއެވެ.
Advertisement

އެމްއެމްޕީއާރުސީގެ ހިޔާނާތާއި ގުޅިގެން ޖަލު ހުކުމެއްގައި ހުންނެވި ނަމަވެސް އަދީބު ގެއަށް ބަދަލު ކުރައްވާފައި ހުންނަތާ ވަރަށް ޒަމާންވެއްޖެއެވެ. 

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައިގައި އަދީބުގެ މައްޗަށް 20 އަހަރުގެ ޖަލު ހުކުމެއް އިއްވައި، ދެ މިލިއަން ރުފިޔާއިން ވަނީ ޖޫރިމަނާ ކޮށްފައެވެ. އެކަމަކު، އެ ހުކުމް އިއްވިއިރު ވެސް ދައުލަތާ އެކު ހެދި އިއުތިރާފުގެ އެއްބަސްވުމާ އެކު ބަލި ހާލާތު ހުރި ގޮތުން ކަމަށް ބުނެ އަދީބު ހުންނެވީ ގޭ ބަންދަށް ދޫކޮށްފަ އެވެ.

އަދީބު ގޭގައި ހުންނަވާތާ އެތައް ދުވަހެއް ފަހުން، ބޭސްފަރުވާއަށް ސިންގަޕޫރަށް ވަޑައިގަންނަވަން ސަރުކާރުން ހުއްދަ ދިނީ ޖުލައި މަހުއެވެ. ޖުލައި މަހު ސަރުކާތުން އަދީބަށް ހުއްދަ ދިނީ 10 ދުވަހުގެ މުއްދަތަށެވެ. އެ މުއްދަތު ހަމަވުމުން މެޑިކަލް ޑޮކިއުމެންޓްތަކާ އެކު ހުށަހެޅުމުން ދެވަނަ ފަހަރަށް ބޭސްފަރުވާގެ މުއްދަތު އިތުރުކޮށްދެއްވާފައިވަނީ 18 ދުވަހަށެވެ. އެ މުއްދަތު މި ދިޔަ ހަފްތާގައި ހަމަވުމުން، އަނެއްކާވެސް މުއްދަތު އިތުރުކޮށްދެއްވުމަށް އަދީބު އެދިވަޑައިގެންނެވިއެވެ.

ކަރެކްޝަންސުން ބުނީ ތިންވަނަ ފަހަރަށް އަދީބުގެ ފަރާތުން އެދިވަޑައިގެންފައިވާ އެދިވަޑައިގަތުމަށް އަދި ގޮތެއް ނުނިންމަވާ ކަމަށެވެ.  

އަދީބު އުފެއްދެވި، މޯލްޑިވްސް ތާޑްވޭ ޑިމޮކްރެޓްސް (އެމްޓީޑީ) އިން އޭނާ ފުރާވަޑައިގެންނެވި ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، އޭނާ ރާއްޖެއިން ބޭރަށް ފުރާވަޑައިގެންނެވީ ފުރާނައަށް ނުރައްކާވާ ޒާތުގެ، ނާރުގެ ބައްޔަކަށް ފަރުވާ ހޯއްދެވުމަށް ކަމަށެވެ.

67%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
33%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް