ads
އާސެނަލް މޮޅުވީ 1-0 އިން
އެވަޓަން ބަލިކޮށް އާސެނަލް ހަތަރު ވަނައަށް
އިނގިރޭސި ޕްރިމިއާ ލީގުގައި އެވަޓަން ބަލިކޮށް އާސެނަލްއިން ލީގު ތާވަލުގެ ހަތަރު ވަނައަށް ޖެހިލައިފިއެވެ.

އެވަޓަންގެ ގުޑިސަން ޕާކް ސްޓޭޑިއަމްގައި ކުޅުނު މި މެޗު އާސެނަލްއިން ކާމިޔާބުކުރީ 1-0 އިންނެވެ. މެޗުގެ ފުރަތަމަ ހާފުގައި ގަބްރިއެލް މާޓިނޭލީ ވަނީ ލަނޑެއް ޖަހާފައެވެ. ނަމަވެސް ވީއޭއާރް ބެލުމަށްފަހު ރެފްރީ ވަނީ އެލަނޑު ބަލައިނުގަންނަން ނިންމާފައެވެ. 

މެޗުން މޮޅުވި ލަނޑު އާސެނަލްއިން ޖެހީ ދެވަނަ ހާފުގައެވެ. ބުކާޔޯ ސަކާގެ އެހީތެރިކަމާއެކު މި ލަނޑު އާސެނަލްއަށް ކާމިޔާބު ކޮށްދިނީ ލިއެންޑްރޯ ޓްރޮސާޑްއެވެ. 

މި މޮޅާއެކު އާސެނަލް ވަނީ ލީގު ތާވަލުގެ ހަތަރު ވަނައަށް ޖެހިލާފައެވެ. މިހާތަނަށް ކުޅުނު ފަސް މެޗުން އާސެނަލްއަށް ލިބެނީ 13 ޕޮއިންޓެވެ. ހަތަރު މެޗުން މޮޅުވިއިރު އެއް މެޗުން އެއްވަރުވީއެވެ. 

މެޗުން ބަލިވި އެވަޓަން އޮތީ އެއް ޕޮއިންޓާއެކު ތާވަލުގެ 18 ވަނާގައެވެ. މިހާތަނަށް ކުޅުނު ފަސް މެޗުގެ ތެރެއިން އެއްވެސް މެޗަކުން އެޓީމު މޮޅުވެފައެއް ނުވެއެވެ. ހަތަރު މެޗުން ބަލިވިއިރު، އެއް މެޗުން އެއްވަރުވީއެވެ. 

ކުޅުނު ފަސް މެޗުވެސް ކާމިޔާބު ކޮށްގެން ތާވަލުގެ އެއްވަނާގައި އޮތީ އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް