ads
ރޭގެ ކަންމަތީ ބައްދަލުވުމުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވާހަކަ ދައްކަވަނީ
އިންތިހާބު ގެއްލިއްޖެ ނަމަ ރާއްޖެ ބަނގުރޫޓުވެގެން ދާތަން ފެނޭ: ރައީސް
މި އަހަރުގެ ރިޔާސީ އިންތިހާބު އިދިކޮޅު ޕީޕީއެމް/ޕީއެންސީއިން ކާމިޔާބުކޮށްފިނަމަ، ގައުމު ބަނގުރޫޓުވެ އަނދަވަޅަކަށް ވެއްޓޭ މަންޒަރު ފެނިވަޑައިގަންނަވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރޭ ވިދާޅުވެއްޖެ އެވެ.
Advertisement

މި މަހުގެ 30 ގައި ބާއްވާ ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރަށް ތާއިދު ހޯއްދެވުމަށް މާފަންނުގައި ބޭއްވި ކަންމަތީ ބައްދަލުވުމުގައި ރައީސް ސޯލިހު ވިދާޅުވީ ފައިސާ ފޮތީގެ އެއް ފުށް ފެންނަ ބަޔަކަށް އިގުތިސާދު ނުދެމެހެއްޓޭނެ ކަމަށެވެ.

މިއަދު މާލީ އެހީއަށް އެދުމުން، އެ އެހީތެރިކަން ދޭނެ އެތަށް ޤައުމެއް އެބައޮތްކަމަށާއި، އެ އިތުބާރު ރާއްޖެއިން ހޯދާފައިވާކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ. އެމަނިކުފާނުގެ ވާހަކަފުޅުގައި ރާއްޖެއިން ނަގާ ލޯނުތައް ދެއްކާނެކަމުގެ ޔަގީންކަން މިހާރު އެޤައުމުތަކާ މާލީ އިދާރާތަކަށް އެބައޮތްކަމަށް ވިދާޅުވިއެވެ.

"ޤަތަރާ ގުޅުން ކަނޑާލީ، ކޮމަންވެލްތުން ވަކިވީ. އަވަށްޓެރި ޤައުމަކާ ގުޅުން ބަދަހިއެއް ނުކުރި. މިއަދު އަލުން އެ އިތުބާރު ހޯދިއްޖެ. މިއަދު އެހީއަށް އެދުނީމަ ފައިސާ ދޭނެ އެތައް ބަޔަކު އެބަތިބި." ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ ރާއްޖެ ބަނގުރޫޓުވުމުގެ ފުރުސަތު ނުދެއްވާނެ ކަަމަށާއި ރިޔާސީ އިންތިހާބުގެ ދެ ވަނަ ކާމިޔާބު ކުރައްވާނެ ކަމަށެވެ. އަދި ވިދާޅުވި، މި ސަރުކާރު ކޯލިޝަންގެ ތެރޭގައި އިގްތިސޯދު ރަނގަޅަށް ދެނެވަޑައިގަންނަވާ އެ ދާއިރާތަކުގެ އިސް ބޭފުޅުން އެބަތިއްބެވެ. އަދި ސިޔާސަތުތައް ކަނޑައަޅަނީ އެ ބޭފުޅުންގެ ވިސްނުމާ އެކީގައި، ރައްޔިތުންނަށް ފައިދާވާނެ ގޮތަށް ކަމަށް ވިދާޅުވި އެވެ. އެހެންވެ، ވިސުނުންތެރިކަމާއެކު މަސައްކަތްކޮށް ދެ ވަނަ ބުރު ކާމިޔާބު ކުރުމަށް އާއްމު މެމްބަރުންނަށް ރައީސް ސޯލިހު އިލްތިމާސް ކުރެއްވި އެވެ. 

"މިއަދު އަޅުގަނޑުމެންނަށް މި އިންތިހާބުގައި ކުރެވޭ ކަމަކުން، އިންތިހާބު ގެއްލިއްޖެ ނަމަ، މި ގައުމު ބަނގުރޫޓުވެގެންދާ ތަން އަޅުގަނޑުމެންނަށް ފެނޭ. އެހެންވީމައި ވިސްނުންތެރިކަމާ އެކު މަސައްކަތް ކުރުމަކީ އަޅުގަނޑުގެ އެދުމެއް."
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
67%
ސަތޭކައަކުން ސުމެއް
33%
ވަރަށް ސަލާމް
ކޮމެންޓްސް