ads
މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް...
ޑިމޮކްރެޓްސް އާޒިމްގެ ދެ ބޭނުމެއް: ރައީސް ބަލިކުރުން، މުއިއްޒު ބޭލުން!
މިހާރު ވެރިކަމުގައި ހުންނެވި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ބަލިކުރެއްވުމަށްފަހު ވެރިކަމަށް ދެން ވަޑައިގަންނަވާ އިދިކޮަޅު ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވެސް ވެރިކަމުން ބާލަން ބޭނުން ވާކަމުގެ އިޝާރާތެއް ދަ ޑިމޮކްރެޓްސްގެ ޕާލިމެންޓަރީ ގްރޫޕުގެ ލީޑަރު އަލީ އާޒިމް ދެއްވައިފިއެވެ.
Advertisement

ރޭ ބިލަބޮންގ ހައި އިންޓަނޭޝަނަލް ސްކޫލްގައި އޮތް ދަ ޑިމޮކްރެޓްސް އިންތިގާލީ ކައުންސިލުގެ ހަތްވަނަ ބައްދަލުވުމުގައި އާޒިމް ވިދާޅުވީ ރިޔާސީ ނިޒާމެއްގައި ބަޔަކާއެކު މަސައްކަތް ކުރުމަކީ ފަސޭހަކަމެއް ނޫން ކަމަށެވެ. އަދި ކުރިންވެސް ކޯލިޝަން ހަދައިގެން ކުރިއަަށް ނުދިޔަ ކަމަށެވެ.

އާޒިމް ވިދާޅުވީ އެކަނި ނުކުމެ "އެހެން ގޮތެއް" ހޯދެން އެބަ އޮތްތޯ މިއަދު ވިސްނަންޖެހޭ ކަމަށެވެ.

"އަޅުގަނޑު ދެކޭ ގޮތުގައި އެކަން އެބަ އޮތްވާން ތިބޭފުޅުންގެ ހިތްވަރާއެކު. މި އޮތް ގޮތަކީ އަޅުގަނޑު ދެކޭ ގޮތުގައި މި އަންނަ އިންތިހާބުގައި އިބްރާހިމް މުހައްމަދު ސޯލިހު ދެރަކުރުން ދެވަނަ ބުރުގައި. ދެރަކުރުން. ދެރަކޮށްފައި ވަރަށް އަވަހަށް މުއިއްޒު އަނެއްކާ ވެރިކަމުން ބޭލުން އަޅުގަނޑުމެން ކުރަންޖެހޭ ކަމަކީ،" އާޒިމް ވިދާޅުވި އެވެ.

އާޒިމް ވިދާޅުވީ، އެންމެ ރަނގަޅީ އެ ޕާޓީ އެކަނި ނުކުމެ ރައްޔިތުންނަށް ހެޔޮގޮތެއް ހޯދުން ކަމަށެވެ. އަދި ވިދާޅުވީ ކޮރަޕްޓުވެފައި ހުރި، ވައްކަން ކުރާ، މީހުން އަޅުވެތިކުރާ ބަޔަކާ އެއްކޮށް ދާކަށް ހެޔޮނުވާނެ ކަމަށެވެ، 

"އެނގިވަޑައިގަންނަވާނެ، އެހާ ފަސޭހަ ކަމެއް ނޫން މި އޮތް ނިޒާމުގައި، ރިޔާސީ ނިޒާމެއްގައި ބަޔަކާ އެއްކޮށް އެކުވެގެން ދިޔުން. މިހާތަނަށް އަޅުގަނޑުމެންނަށް ދަސްވެފައި އޮތީ އެހެން ގޮސްގެން އަޅުގަނޑުމެންނަށް ކިރިޔާ ވެސް ކާމިޔާބެއް ނެތް ވެފައެއް" މެދު ހެންވޭރު ދާއިރާގެ މެންބަރު އާޒިމް ވިދާޅުވިއެވެ.

މި މަހު 9 ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ލިބިވަޑައިގަތީ ވޯޓުލީ މީހުންގެ ތެރެއިން 86،161 ވޯޓެވެ. އެއީ 39.02 ޕަސަންޓެވެ. ވާދަވެރި ޕީޕީއެމް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒަށް ލިބިވަޑައިގަތީ 101,635 ވޯޓެވެ. އެއީ 46.01 ޕަސަންޓެވެ.

ތިންވަނައަށް އެންމެ ގިނަ ވޯޓު ލިބިވަޑައިގަތީ، އެމްޑީޕީން ވަކިވެ ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދުގެ ސަޕޯޓަރުން އުފެއްދި ދަ ޑިމޮކްރެޓްސްގެ ކެންޑިޑޭޓު އިލްޔާސް ލަބީބަށެވެ. އިސްލާޔަށް ހަތް އިންސައްތަ ވޯޓު ލިބިވަޑައިގަތެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ވާދަކުރާ އެމްޑީޕީ އާއި ޕީޕީއެމް/ޕީއެންސީއަށް ޑިމޮކްރެޓްސްއިން ހުށަހެޅި ހުށަހެޅުންތަކަށް އެއްބަސްވުމަށް އަންނަ ބުދަ ދުވަހުގެ ނިޔަލަށް ދަ ޑިމޮކްރެޓްސްގައި ރޭ ވަނީ އެ ދެ ޕާޓީއަށް ފުރުސަތު ދީފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް