ޓީއެމްއޭގެ ނަމުގައި ދައުރުކުރަމުންދާ މި މެސެޖުގައި ވަނީ ޑީއެޗްއެލް ޕެކޭޖެއްގެ ޑެލިވަރީއަކަށް ފައިސާ ނުދައްކާ އޮތުމުގެ ސަބަބުން ޕެކޭޖް ޑެލިވަރީ ކުރެވެން ނެތް ކަމަށެވެ. އެ މެސެޖުގައި އިރުޝާދު ދީފައިވަނީ ފައިސާ ދެއްކުމަށް ދީފައިވާ ލިންކަކަށް ވަނުމަށެވެ.
ޑީއެޗްއެލް ޕެކޭޖެއްގެ ކަސްޓަމްސް ފީއަށް ފައިސާ ދެއްކުމަށް އެދި ޓީއެމްއޭގެ ނަމުގައި ފޮނުވަމުންދާ މެސެޖްގައިވާ ލިންކަށް ނުވަނުމަށް ފުލުހުންގެ ފަރާތުން ވަނީ އިލްތިމާސްކޮށްފައެވެ. ފުލުހުން ވަނީ ކޭޝް ކާޑުގެ މައުލޫމާތު ހިއްސާ ނުކުރުމަށްވެސް އެދިފައެވެ.
މިދިޔަ އަހަރު ސްކޭމްގެ މައްސަލަތަކުގެ ގޮތުގައި 23 މިލިއަން ރުފިޔާގެ ފައިސާ ހިމެނޭ 998 މައްސަލަ ފުލުހުންނަށް ވަނީ ހުށަހަޅާފައެވެ.
ސްކޭމް ކުރުން ހުއްޓުވުމަށްޓަކައި މިދިޔަ އެޕްރީލް މަހު މަލްޓި އޭޖެންސީ ޓާސްކް ފޯހެއް ފުލުހުން އެކުލަވާލާފައިވެއެވެ.