ads
ގަލޮޅު ދެކުނުގައި ބޭއްވި އެއްވުމުގައި ރައީސް ސޯލިހު ބައިވެރިވެވަޑައިގަންނަވަނީ---
ކަނޑައެޅޭ އުސޫލެއްގެ ތެރެއިން ސްޓޫޑެންޓް ލޯނުތައް މައާފުކޮށްދޭނަން: ރައީސް
ކަނޑައެޅޭ ވަކި އުސޫލެއްގެ ތެރެއިން ސްޓޫޑެންޓް ލޯނުތައް މައާފުކޮށްދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަބުރުގެ ކެމްޕޭނަށް ގަލޮޅު ދެކުނުގައި ބޭއްވި ކަންމަތީ ބައްދަލުވުމުގައި، ރައީސް ސޯލިހު ވިދާޅުވީ، މާކުރިން ދޫކޮށްފައިވާ ސްޓޫޑެންޓް ލޯނުތަކެއް، ދިމާވި އެކި ސަބަބުތަކާއި ހުރެ ނުދެއްކި، އަދި ބައެއް ފަރާތްތަކުން ކޯޓާއި ހަމައަށް ދާންޖެހުމުގެ ކަންބޮޑުވުންތަކެއް ހިއްސާ ކުރައްވާފައިވާ ކަމަށެވެ.

އެފަރާތްތަކަށް ހައްލެއް ހޯދައިދެއްވުމަށް މަސައްކަތްތަކެއް އެބަ ކުރައްވާ ކަމަށާއި، އެގޮތުން، ކަނޑައެޅޭ ވަކި އުސޫލެއްގެ ތެރެއިން، ކުރިން ދޫކޮށްފައިވާ ސްޓޫޑެންޓް ލޯނުތައް މާފުކޮށްދެއްވާނެ ކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ.

"އަޅުގަނޑާއި ހަމައަށް، މީގެ މާކުރިން ދޫކޮށްފައިވާ ސްޓޫޑެންޓް ލޯނުތައް ދައްކަން އުނދަގޫ ވާކަމަށް، އަދި ނުދެއްކި ދިގުލައިގެންދާތީވެ، ބައެއް ބޭފުޅުން ވަނީ ކޯޓާއި ހަމައަށް ދާންޖެހިދާނެ ކަމުގެ ކަންބޮޑުވުން ހިއްސާކޮށްފަ. އަޅުގަނޑު އެބޭފުޅުންނަށް މިރޭ ދަންނަވާލަން ބޭނުންވަނީ، އެބޭފުޅުންނަށް ދޫކޮށްފައިވާ ސްޓޫޑެންޓް ލޯނުތައް ކަނޑައެޅޭ ވަކި އުސޫލެއްގެ ތެރެއިން، އެ ހުރިހާ ލޯނެއް މައާފުކޮށްދޭނަން،" ރައީސް ސޯލިހު ވިދާޅުވިއެވެ.

މީގެ ކުރިން، 2019 ވަނައަހަރުގެ ތެރޭގައި ސަރުކާރުން ވަނީ ކުރިން ނަގާފައިވާ ސްޓޫޑެންޓް ލޯންތަކުގެ އިންޓްރެސްޓް ރޭޓް ކުޑަކޮށް، އަދި އެލޯނު ދެއްކުމުގެ މުއްދަތު ވެސް އިތުރު ކޮށްދީފައެވެ. ސްޓޫޑެންޓް ލޯނުތައް ދޫކޮށްފައި ހުރީ ފަސް ޕަސެންޓް އިންޓްރެސްޓް ރޭޓްގައެވެ.

75%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
25%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް