ads
ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު
އަދީބު އެދިވަޑައިގެންނެވި ގޮތަށް ބޭސްފަރުވާގެ މުއްދަތު އިތުރުކޮށްދީފި
ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އެދިވަޑައިގެންނެވި ގޮތަށް، ބޭސްފަރުވާއަށް ސިންގަޕޫރުގައި ހުންނަވާ މުއްދަތު އަނެއްކާވެސް އިތުރުކޮށްދެއްވައިފިއެވެ.
Advertisement

މައުލޫމާތު ލިބިފައިވާ ގޮތުގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އެދިވަޑައިގެންނެވި ގޮތަށް، ބޭސްފަރުވާއަށް ސިންގަޕޫރުގައި ހުންނަވާ މުއްދަތު އިތުރުކޮށްދެއްވާފައިވަނީ އޮކްޓޫބަރު މަހާ ހަމައަށެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތާއި ގުޅިގެން ޖަލު ހުކުމެއްގައި ހުންނެވި ނަމަވެސް އަދީބު ގެއަށް ބަދަލު ކުރައްވާފައި ހުންނަތާ ވަރަށް ޒަމާންވެއްޖެއެވެ. 

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައިގައި އަދީބުގެ މައްޗަށް 20 އަހަރުގެ ޖަލު ހުކުމެއް އިއްވައި، ދެ މިލިއަން ރުފިޔާއިން ވަނީ ޖޫރިމަނާ ކޮށްފައެވެ. އެކަމަކު، އެ ހުކުމް އިއްވިއިރު ވެސް ދައުލަތާ އެކު ހެދި އިއުތިރާފުގެ އެއްބަސްވުމާ އެކު ބަލި ހާލާތު ހުރި ގޮތުން ކަމަށް ބުނެ އަދީބު ހުންނެވީ ގޭ ބަންދަށް ދޫކޮށްފަ އެވެ.

އަދީބު ގޭގައި ހުންނަވާތާ އެތައް ދުވަހެއް ފަހުން، ބޭސްފަރުވާއަށް ސިންގަޕޫރަށް ވަޑައިގަންނަވަން ސަރުކާރުން ހުއްދަ ދިނީ ޖުލައި މަހުއެވެ. ޖުލައި މަހު ސަރުކާތުން އަދީބަށް ހުއްދަ ދިނީ 10 ދުވަހުގެ މުއްދަތަށެވެ. އެ މުއްދަތު ހަމަވުމުން މެޑިކަލް ޑޮކިއުމެންޓްތަކާ އެކު ހުށަހެޅުމުން ދެވަނަ ފަހަރަށް ބޭސްފަރުވާގެ މުއްދަތު އިތުރުކޮށްދެއްވާފައިވަނީ 18 ދުވަހަށެވެ. އެ މުއްދަތު ހަމަވުމުން، އަނެއްކާވެސް މުއްދަތު އިތުރުކޮށްދެއްވުމަށް އަދީބު އެދިވަޑައިގެންނެވިއެވެ.

އަދީބު އުފެއްދެވި، މޯލްޑިވްސް ތާޑްވޭ ޑިމޮކްރެޓްސް (އެމްޓީޑީ) އިން އޭނާ ފުރާވަޑައިގެންނެވި ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، އޭނާ ރާއްޖެއިން ބޭރަށް ފުރާވަޑައިގެންނެވީ ފުރާނައަށް ނުރައްކާވާ ޒާތުގެ، ނާރުގެ ބައްޔަކަށް ފަރުވާ ހޯއްދެވުމަށް ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް