ads
ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު އަބްދުﷲ
މޮސްޓާއަށް ހަމަލާދޭން އުޅުނު ދެ މީހުން ޖަލަށް
ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ)އަށް ހަމަލާ ދޭން އުޅުނު ދެ މީހަކު ޖަލަށްލާން ހުކުމްކޮށްފިއެވެ.
Advertisement

މިދިޔަ އަހަރުގެ ފަހުކޮޅު ހިނގި މި ހާދިސާއާ ގުޅިގެން ދެ ފިރިހެނަކު ޖަލަށްލާން ކްރިމިނަލް ކޯޓުން މިއަދު ހުކުމް ކުރިނަމަވެސް ދެ މީހުން ކުރެ އެކަކުވެސް ޖަލު ހުކުމް ތަންފީޒު ކުރާކަށް ނުޖެހޭނެއެވެ. ޝަރީއަތުންވަނީ ދެ މީހުންގެ ޖަލު ހުކުމް ޖޫރިމަނާއަކަށް ބަދަލުކޮށްދީފައެވެ.

މި މައްސަލައިގައި ދެ މީހުންގެ މައްޗަށްވެސް ކުރީ 27 ދުވަހުގެ ޖަލު ހުކުމެކެވެ. އެހެންނަމަވެސް މި މައްސަލައާ ގުޅިގެން ކުރިން ތަހުގީގު މަރުހަލާގައި ބަންދުކޮށްފައިވާ މުއްދަތު އުނި ކުރުމުން އެކެއްގެ މައްޗަށް ހަ ދުވަހުގެ ޖަލު ހުކުމެއް ބާކީ އޮތް އިރު އަނެކަކުގެ މައްޗަށް އޮތީ 11 ދުވަހުގެ ޖަލު ހުކުމެވެ. މިބައި ޝަރީއަތުން ޖޫރިމަނާއަށް ބަދަލުކޮށް އެކެއްގެ މައްޗަށް 1200 ރުފިޔާ އަދި އަނެކެއްގެ މައްޗަށް 2200 ރުފިޔާ ދައްކަން މިއަދު ކްރިމިނަލް ކޯޓުން ހުކުމް ކުރިއެވެ.

މި މައްސަލައިގައި ދެ މީހުންވެސްވަނީ ޝަރީއަތުގައި އެ މީހުން ކުރި ކުށަށް އިއުތިރާފުވެފައެވެ. އެހެންކަމުން މައްސަލަ ކުރިއަށް ގެންގޮސްފައިވަނީ އަވަސް ނިޔާގެ މައްސަލައެއްގެ ގޮތުގައެވެ.

55%
ކަމުގޮސްފި
18%
އަޑުއެހިތާ މިހުރީ
27%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް