ads
އެޗްއާރުސީއެމްގެ ލޯގޯ
ކެންޑިޑޭޓުންގެ ކެމްޕޭން ކުރުމުގެ ހައްގަށް ހުރަސް ނޭޅުމަށް އެޗްއާރުސީއެމް އިން ގޮވާލައިފި
އެއްވެސް ކެނޑިޑޭޓެއްގެ ކެމްޕެއިން ކުރުމުގެ ހައްގަށް ހުރަސް ނޭޅުމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) އިން ގޮވާލައިފިއެވެ.

އެޗްއާރުސީއެމް އިން މިކަމަށް ގޮވާލެއްވީ ރިޔާސީ އިންތިހާބު މޮނިޓަރ ކުރުމުގައި އެޗްއާރުސީއެމް އަށް ފާހަގަ ކުރެވުނު ކަންކަމާއި ގުޅޭގޮތުން އެކޮމިޝަނުން ނެރުނު ނޫސްބަޔާނުގައިއެވެ.

މި ނޫސްބަޔާނުގައިވާ ގޮތުން، ވަކި ކެނޑިޑޭޓަކަށް ތާއީދު ކުރުމަށްޓަކައި ކަމަށް ބުނެ، ވަޒީފާ ދިނުމާއި، ވަޒީފާގެ ކުރިއެރުން ދިނުމާއި، ވަޒީފާއިން ވަކިކުރުމާއި އަދި ވޯޓް ގަތުން ފަދަ ކަންކަން ހިނގަމުންދާކަމަށްބުނެ، ސޯޝަލް މީޑިއާގައި ބައެއް ފަރާތްތަކުން ހިޔާލު ފާޅުކޮށްފައިވާ ކަން ފާހަގަ ކުރެވޭ ކަމަށާއި، މިއީ އެކޮމިޝަނުން ވަރަށް ކަންބޮޑުވާ ކަމެއްކަން ފާހަގަ ކުރައްވާފައިވެއެވެ.

މީގެ އިތުރުން، ސަރުކާރު ހިއްސާވާ ކުންފުނިތައް މެދުވެރިކޮށް، ދައުލަތުގެ ވަސީލަތްތައް ނަހަމަގޮތުގައި ކެމްޕޭން ކުރުމަށް ބޭނުންކުރަމުންދާކަމުގެ ތުހުމަތު ކުރެވޭ ކަމަށް ބައެއް ފަރާތްތަކުން ބުނަމުންދާކަމަށާއި، މިކަންތައްތައް ދައުލަތުގެ ކަމާއި ބެހޭ މުއައްސަސާތަކުން ވީހާވެސް އަވަހަކަށް ބަލާ ތަހުގީގުކުރުމަށް ގޮވާލާކަމަށްވެސް މިބަޔާނުގައި ބުނެފައިވެއެވެ.

ކެމްޕެއިން ކުރުމުގައި ދައުލަތުގެ މުދަލާއި ވަސީލަތްތައް ނަހަމަގޮތުގައި ބޭނުންކުރުމާއި، ރިޝްވަތު ދިނުމާއި، ކެމްޕެއިން ހަރަދުތައް ދެފުށް ފެންނަ ގޮތަށް ހާމަކުރަމުން ނުދިއުމަކީ ކުރިގެ އިންތިހާބުތަކުގައިވެސް ފާހަގަކުރެވިފައިވާ ކަންކަން ކަމަށާއި، އެހެންނަމަވެސް ގާނޫނީ ނިޒާމް މިހާރު އޮތްގޮތުން މިކަންކަމަށް އެއްމެ ފުރިހަމަ ހައްލުހޯދުމަށް ގޮންޖެހުންތައް ހުރިކަން ފާހަގަކޮށް، ގާނޫނީ ނިޒާަށް ގެންނަންޖެހޭ އިސްލާހުތައް ގެނައުމަށް ކަމާއ ގުޅުންހުރި ހުރިހާ އިދާރާތަކަށް ގޮވާލާކަށް މި ނޫސްބަޔާނުގައި ބުނެފައިވެއެވެ.

ކުރިން ހުއްދަ ހޯދުމަކާއި ނުލައި، ސުލްހަވެރި ސިޔާސީ ހަރަކާތްތައް ހިންގުމާއި ގުޅޭ ގާނޫނު އަސާސީގެ 32 ވަނަ މާއްދާ އަށް އިޝާރާތްކުރައްވައި، މިނޫސްބަޔާނުގައި ބުނެފައިވަނީ ކެމްޕެއިން ހަރަކާތްތަކާއި ގުޅިގެން އާއްމު ފަރާތްތަކުންނާއި، ސިޔާސީ ޕާޓީތަކުން ކުރިއަށް ގެންދާ ސުލްހަވެރި އެއްވުންތައް ބައެއް ހާލަތްތަކުގައި ގާނޫނީ އިމުން ބޭރުން ދިބެހި ފުލުހުންގެ ހިދުމަތުން ރޫޅާލާކަމަށާއި، އަދި ބައެއް ހާލަތްތަކުގައި ކެމްޕެއިން ކުރާ ފަރާތްތަކަށް ކެމްޕއިން ކުރުމަށް ޖާގަ ނުދީ، އެފަރާތްތަކަށް ހުރަސް އެޅުމަށް ބައެއް ފަރާތްތަކުން ކުރަމުންދާ ކަންކަން ހުއްޓުވުމަސް ދިވެހި ފުލުހުންގެ ހިދުމަތުން ފިޔަވަޅު އަޅާފައިނުވާކަމުގެ ޝަކުވާ މީސްމީޑިއާތަކުން ފާހަގަކުރެވުމަކީ އެ ކޮމިޝަނުން ކަންބޮޑުވާކަމެއް ކަމަށްވެސް މިބަޔާނުގައި ބުނެފައިވެއެވެ.

މީގެ އިތުރުން، ކެމްޕެއިން ކުރުމާއި ތާއީދު ހޯދުމަށް ކުރާ މަސައްކަތުގައި ބިނާކުރުވަނި ގޮތަށް ފާޑުކިއުމަށާއި، ނަޒާހަތްތެރިކަމާއެކު ކެމްޕެއިން ކުރުމަށް އިސްކަންދެއްވާ، އެކަކު އަނެކެއްގެ އަބުރަށް އަރައިނުގަނެ، ނަފްރަތު އުފެދޭ ވާހަކަތަށް ނުދެއްކުމަށް ހުރިހާ ސިޔާސީ ޕާޓީ ތަކަށާއި އަދި އާއްމު ރައްޔިތުންނަށް އިލްތިމާސްކުރާކަމަށްވެސް މިބަޔާނުގައި ގޮވާލައިފައިވެއެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް ދޮރުން ދޮރަށް ހިންގެވުމުގެ ހަރަކާތަކަށް، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަބަލުން މެޑަމް ފަޒްނާ ހިޔާ ފްލެޓް ސަރަހައްދަށް ވަޑައިގެންނެވުމުން، އެކަމަނާއަށް ބަޔަކު ހުރަސްއެޅި ހާދިސާ ކުށްވެރިކޮށް، އެޗްއާރުސީއެމް އިން ބަޔާނެއް ނެރުމާއެކު، އިދިކޮޅު ފަރާތްތަކުގެ ފާޑުކިއުން ވަނީ އެކޮމިޝަނަށް އަމާޒުވެފައެވެ. މިގޮތުން، މީގެ ކުރިން އެޗްއާރުސީއެމް އިން އޮތީ "ނިދާފައި" ކަމަށް ބުނެ، ސަރުކާރަށް ތާއީދުކުރާ ފަރާތްތަކުން އިދކޮޅު ކެންޑިޑޭޓްގެ ކެމްޕެއިނަށް ހުރަސްއެޅި މަންޒަރު ނުފެނުނު ކަމަށް ބުނެ އިދކޮޅުފަރާތްތަކުން ފާޑުކިޔާފައިވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް