ads
އޮސްކާ
މާޒިޔާއިން ކުޅުނީ ވަރަށް މޮޅަށް: އޮސްކާ
މާޒިޔާ އަތުން ބަލިވި ނަމަވެސް ގްރޫޕް ސްޓޭޖުގައި ބާކީ ހުރި މެޗުތަކުން ރަނގަޅު ނަތީޖާތަކެއް ނެރެވޭނެކަމުގެ އިތުބާރު އެބައޮތް ބަންގްލަދޭޝްގެ ޗެމްޕިއަން ބަޝަންދުރާ ކިންގްސްގެ ކޯޗު ސްޕެއިންގެ އޮސްކާ ބުރުޒޮން ބުނެފި އެވެ.

އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖުގެ ފުރަތަމަ މެޗުގައި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އަތުން މާލޭގައި ބަޝަންދުރާ އަންގާރަ ދުވަހުވަނީ ތިން ލަނޑު އެއް ލަނޑުން ބަލިވެފައެވެ. މިއީ އޭއެފްސީ ކަޕްގައި މާޒިޔާ އަތުން ބަޝުންދަރާ ބަލިވި ފުރަތަމަ ފަހަރެވެ. ބަޝުންދަރާ އިން ވަނީ މީގެ ކުރިން ދެ ފަހަރު މާޒިޔާ ބަލިކޮށްފައެވެ .

މެޗަށް ފަހު ނޫސްވެރިންނާ ވާހަކަދައްކަމުން ބަޝުންދަރަ ކިންގްސްގެ ކޯޗު އޮސްކާ ބުނީ މި މެޗުން ބަލިވި ނަމަވެސް ގްރޫޕް ސްޓޭޖުގައި ބާކީ ހުރި މެޗުތަކުން ރަނގަޅު ނަތީޖާތަކެއް ނެރެވޭނެކަމުގެ އިތުބާރު އެބައޮތް ކަމަށެވެ. އަދި ބަޝުންދަރަ ހުއްޓުވުމުގައި މާޒިޔާ އިން ވަރަށް ރަނގަޅަށް ކުޅުނު ކަމަށާއި، ވަކިން ހާއްސަކޮށް އެ ޓީމަށް އެޓޭކުގައި ރަނގަޅަށް ނުކުޅެވުނީ މާޒިޔާ އިން މެޗުގައި ރަނގަޅަށް ޑިފެންސް ކުރުމުން ކަމަށް އޮސްކާ ބުންޏެވެ.

އޭއެފްސީ ކަޕުގައި މާޒިޔާ ހިމެނޭ ގްރޫޕުގެ ދެވަނަ މެޗުތަައް އޮންނާނީ އޮކްޓޫބަރު މަހުގެ ފުރަތަމަ ހަފްތާގައެވެ. އެ ދުވަހު މާޒިޔާ، ރަށުން ބޭރުގައި މޯހަން ބަގާންއާ ދެކޮޅަށް ކުޅޭއިރު، ބަޝަންދުރާ ކިންގްސް އަމިއްލަ ދަނޑުގައި ކުޅޭނީ އޮޑިއްޝާއާ ދެކޮޅަށެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް