
ފުލުހުން ހިންގި އޮޕަރޭޝަންގައި ހައްޔަރުކޮށްފައިވާ ދެ މީހުންނަކީ، ހުސެއިން ޔާމީން އިބްރާހީމް މއ. ޑެނިއުބް، އަދި މުހައްމަދު ސުއައިދު އަހްމަދު، ސ. ހިތަދޫ ހެޕީފިއުޗަރއެވެ.
ފުލުހުން ވިދާޅުވީ ގޮތުގައި ޑްރަގް އެންފޯސްމަންޓާއި އިންޓެލިޖެންސް ގުޅިގެން ހިންގި އެ އެޕަރޭޝަނުގައި، އެ ދެގެ ބަލައިފާސްކުރި އިރު މަސްތުވާތަކެތިކަމަށް ބެލެވޭ އެއްޗެއް ހުރި 78 ސެލޯފިންކޮޅު، 10 ރަބަރު ޕެކެޓު، ފިލްމު ހުސްކުރި 8 ދަޅު، 3 ފުޅި، ޖޫސްޕެޓީ ދެކޮތަޅު އަދި މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި ބިޑިއެއް ފެނިފައިވެއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކުރި ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން މިނިސްޓްރީ އޮފް ހޯމް އެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް މުހައްމަދު ސުއައިދު އަހްމަދުއަށް 3 ދުވަސް ދީފައިވާއިރު ހުސެއިން ޔާމީން އިބްރާހީމްއަށް ދީފައިވަނީ އެންމެ ދުވަހެވެ.
މި މައްސަލަ ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.