ސީޒަންގެ ބާކީ ބައި އޭނާއަށް ގެއްލިދާނެ ކަމަށް ބެލެވުނީ އަނިޔާގެ ސަބަބުންނެވެ. ޕެރިސިޗްގެ ކަކުލަށް ލިބުނު ސީރިއަސް އަނިޔާއަކާއި ގުޅިގެން މިވަގުތު އޭނާ ހުރީ ކުޅުމާއި ދުރުގައެވެ. އުމުރުން 34 އަހަރުގެ ކުޅުންތެރިޔާއަށް އަނިޔާވީ ފަރިތަކުރުމުގެ ތެރެއިން ކަމަށް އެކްލަބުން މައުލޫމާތުދެއެވެ.
އަނިޔާއާއި ގުޅިގެން ޕެރިސިޗް ވަނީ ސާޖަރީ ހެދުމަށް ނިންމާފައެވެ. އަދި އޭނާގެ ރިކަވަރީ ހަދާނީ ނޯތު ލަންޑަނުގައެވެ.
އިންޓަ މިލާނުގައި ހުރުމަށްފަހު ޕެރިސިޗް ޓޮޓެންހަމްއަށް ބަދަލުވީ ދެއަހަރުގެ އެއްބަސްވުމެއްގައެވެ. ޓޮޓެންހަމްއާއެކު އޭނާ ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ މިއަންނަ އަހަރުގެ ޖުލައި މަހުއެވެ.