ads
މުބާރާތުގެ ޗެމްޕިއަން ޓްރޮފީ
އެމްއެންޔޫއެސްޔޫ ފުޓްސަލް ފިއެސްޓާ ފަށައިފި
ކޮލެޖު އަދި ޔުނިވާސިޓީތަކަށް އަމާޒުކޮށްގެން ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީގެ ދަރިވަރުންގެ ޔޫނިއަނުން ބާއްވާ އެމްއެންޔޫއެސްޔޫ ފުޓްސަލް ފިއެސްޓާ 2023 ފަށައިފިއެވެ.

ގިނަ އަދަދެއްގެ ކޮލެޖު/ޔުނިވާސިޓިތަކުން ބައިވެރިވާ މި މުބާރާތް ފެށުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ ނާއިބު، ފައިސަލް ނަސީމެވެ. 

your imageމުބާރާތް ފެށުމުގެ ރަސްމިއްޔާތަށް ނާއިބު ރައީސް ވަޑައިގެންނެވުން

މުބާރާތް ކުރިއަށްދާނީ މި މަހުގެ 21 އިން ފެށިގެން މިއަންނަ މަހުގެ ހަވަނަ ދުވަހުގެ ނިޔަލަށެވެ. ހުރިހާ މެޗުތަކެއްވެސް ކުޅެނީ ހުޅުމާލޭ ރެހެންދި ޓާފުގައެވެ. މިފަހަރުގެ މުބާރާތުގައި އަންހެން އަދި ފިރިހެން ޑިވިޝަން ހިމެނޭހެން ޖުމްލަ 31 ޓީމު ވަނީ ބައިވެރިވެފައެވެ. 

މުބާރާތުގެ ފުރަތަމަ ރޭގައި ކުޅުނީ ފިރިހެން ޑިވިޝަނުގެ ތިން މެޗެވެ. ފުރަތަމަ މެޗުގައި ބައްދަލުކުރީ ވިލާ ކޮލެޖާއި އެމްއެންޔޫގެ ފެކަލްޓީ އޮފް ހޮސްޕިޓާލިޓީ އެންޑް ޓޫރިޒަމް ސްޓަޑީޒްގެ ޓީމެވެ. މި މެޗު 6-0 ގެ ތަފާތު ބޮޑު ނަތީޖާއަކުން ކާމިޔާބުކުރީ ވަރުގަދަ ސްކޮޑަކާއެކު މުބާރާތާއި ކުރިމަތިލި ވިލާ ކޮލެޖުންނެވެ. 

ދެވަނަ މެޗުގައި އެމްއެންޔޫ ބިޒްނަސް ސްކޫލާއި ފެކަލްޓީ އޮފް އެޑިއުކޭޝަން ވާދަކުރިއިރު، މި މެޗު 4-1 އިން ކާމިޔާބުކުރީ އެމްއެންޔޫ ބިޒްނަސް ސްކޫލް ޓީމުންނެވެ. ތިންވަނަ މެޗުގައި ބައްދަލުކުރީ ކްލިކް ކޮލެޖާއި ސްކޫލް އޮފް މެޑިސިންއެވެ. މި މެޗު 3-1 އިން ކާމިޔާބުކުރީ ކްލިކް ކޮލެޖުންނެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް