ads
ކީޕަރު ފައިސަލް
ކީޕަރު ފައިސަލްއަށް ސީޒަނުގެ ބާކީބައި ގެއްލިދާނެ
ގައުމީ ފުޓްބޯޅަ ޓީމުގެ ގޯލް ކީޕަރު މުހައްމަދު ފައިސަލް ފައިގެ އޮޕަރޭޝަނެއް ކޮށްފިއެވެ.

ފައިސަލް އޮޕަރޭޝަން ކޮށްފައިވަނީ އޭނާގެ ކަނާއަތު ފައިގެ ކުޑަ ހުޅަށް ލިބުނު އަނިޔާއަކާއި ގުޅިގެންނެވެ. އޭނާއަށް އަނިޔާވީ މިދިޔަ ޖުލައި މަހު މާޒިޔާ އާއި ވެލެންސިޔާ ބައްދަލުކުރި މެޗުގެ ވާމް އަޕްގެ ތެރެއިންނެވެ. 

މި އޮޕަރޭޝަނާއެކު ސީޒަންގެ ބާކީ ބައި ފައިސަލްއަށް ގެއްލުމުގެ ފުރުސަތު ވަރަށް ބޮޑެވެ. 

މީގެ ކުރިންވެސް ފައިސަލް ވަނީ ކަކުލަށް ލިބުނު އަނިޔާއަކާއި ގުޅިގެން އޮޕަރޭޝަނެއް ކޮށްފައެވެ. އަނިޔާއިން ސަލާމަތްވެ އެނބުރި ކުޅުމަށް އައިސް އޭނާ ވަޞި އެފަހަރު މޮޅު ކުޅުމެއް ދައްކާފައެވެ. 

ރާއްޖެއިން ސާފް ޗެމްޕިއަންޝިޕްގެ ތަށި އެންމެ ފަހުން ކާމިޔާބުކުރި 2018 ވަނަ އަހަރު ގައުމީ ޓީމުގެ ގޯލު ބެލެހެއްޓީ ފައިސަލްއެވެ. އެފަހަރު އޭނާ ކުޅުނީ ކަކުލުގެ އޮޕަރޭޝަނަކަށްފަހު އަނިޔާއިން ރަނގަޅުވެގެންނެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް